އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްވެރިން ޕާކުގައި ރެސްޓް ރޫމެއް އަޅަނީ!

މަސްވެރިން ޕާކުގައި ރެސްޓް ރޫމެއް އަޅަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

މަސްވެރިންގެ ޕާކުގައި ސަރަހައްދުގައި ރެސްޓް ރޫމެއް (ޕަބްލިކް ފާހާނާ) އަޅައިދޭނެ ބަޔަކު ހޯދުމަށް މާލޭ ވޯޓާާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އިއުލާނު ކޮށްފިއެވެ.

އެމްޑަބްލިއުއެސްސީ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭގެ މަސްވެރިންގެ ޕާކުގައި ރެސްޓްރޫމެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ބޭނުންވާ ކަމަށާއި މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަމުގެ ޕްރީ ބިޑް މީޓިން އަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު ބިޑް ހުށަހަޅަންޖެހޭ ތާރީހަކީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 11:30 ގައެވެ. ބިޑް އެވޯޑު ކުރެވޭ ފަރާތުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ 10 ޕަސެންޓް، 14 ދުވަހުގެ ތެރޭގައި ދަައްކަން ޖެހޭނެކަމަށްވެސް އިއުލާނުގައި ބުންޏެވެ.

މަސްވެރިންގެ ޕާކުގައި މީިގެކުރިން ވަނީ ކްރޫޒް ޓާމިނަލެއް އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފައެވެ. އެހެންނަމަވެސް އެ އިއުލާނު ފަހުން ވަނީ ބާތިލްކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް