އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީންގެ ޝަރީޢަތް: އެމްއެމްޕީއާރްސީ އަށް ލިބޭ ފައިސާއާއިމެދު ވަކި ގޮތަކަށް އަމަލު ކުރުމަށް ރައީސް ޔާމީން ސީދާ އިރުޝާދު ދެއްވާފައިވޭ- ޒިޔަތު

ރައީސް ޔާމީންގެ ޝަރީޢަތް: އެމްއެމްޕީއާރްސީ އަށް ލިބޭ ފައިސާއާއިމެދު ވަކި ގޮތަކަށް އަމަލު ކުރުމަށް ރައީސް ޔާމީން ސީދާ އިރުޝާދު ދެއްވާފައިވޭ- ޒިޔަތު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 14 ސިކުންތު

15:05: ޒިޔަތު ވިދާޅުވީ އެމްއެމްޕީއާރްސީއަށް ލިބޭ ފައިސާއާއިމެދު ވަކި ގޮތަކަށް އަމަލު ކުރަން ރައީސް ޔާމީން ސީދާ އިރުޝާދު ދެއްވާފައިވާ ކަމަށް. އެއީ އެފައިސާ އަދީބުގެ އަތަށް ދެއްވުމަށާއި އެއިންސްޓްރަކްޝަން ދީފައިވަނީ ފޯނު މެދުވެރިކޮށް ކަމަށް ވެސް ޒިޔަތި ވިދާޅުވި

 

15:06: ވޮޑަމުލާ ކުއްޔަށް ދީގެން ލިބެންޖެހެނީ އެއް މިލިއަން ޑޮލަރު: ޒިޔަތު

 

15:16: ރަށްތަކުގެ އަގު ކަނޑައެޅުމާއި ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ލަފާ ހޯއްދަވަންތޯ ދިފާއީ ވަކީލުން ސުވާލު ކުރެއްވުމުން ޒިޔަތު ވިދާޅުވީ ރައީސް ޔާމީން އަންގަވާ ގޮތަށް ކަންތައް ކުރައްވާ ކަމަށާއި އެއީ ކަން އޮންނަންޖެހޭ ގޮތް ނޫން ކަމަށާއި އެކަމަކު ކުރީގެ ސަރުކާރުން ކަންތައް ކުރމަުން ދިޔައީ އެގޮތަށް ކަމަށް ވެސް ޒިޔަތު ވިދާޅުވި

 

15:16: ރައީސް ޔާމީން ގުޅުއްވާ ގަޑިތަކާއި ފޯނުގައި ހެދަވާ ވަގުތުތައް މިހާރު ހަނދާނެއް ނެތް ކަމަށާއި ގުޅުއްވީ އަމިއްލަ ފޯނުން ކަމަށް ޒިޔަތު ވިދާޅުވި

 

15:17: އެމްއެމްޕީއާރްސީ އަށް ފައިސާ ލިބުމުން އެކަން ސަމާލުކަމަށް އަންނަ ކަމަށާއި ބައެއް ފައިސާއާއި ޗެކުތަކާއި ހަވާލުވެފައި ހުންނާނެ ކަމަށް ޒިޔަތު ވިދާޅުވި. އަދި އެހެން ފަރާތްތައް ވެސް ހަވާލުވެފައި ހުންނާނެ ކަމަށް ވެސް ވިދާޅުވި

 

15:18: އަދީބުގެ އިތުރުން އެސްއޯއެފުގެ އިޝްފާހު އަށް ވެސް ފައިސާ ހަވާލުކޮށްފައިވާނެ ކަމަށާއި، އެއީ އިރުޝާދު ދީފައިވާ ގޮތް ކަމަށް ޒިޔަތު ވިދާޅުވި.

 

15:20: އެކުއިޒިޝަން ކޮސްޓް ފައިނަލް ކުރާނީ އެމްއެމްޕީއާރްސީން ކަމަށާއި، ފައިސާ ލިބުމުން މީރާ އަށް ފޮނުވަން އެ ހަވާލުކުރަން ޖެހެނީ ޓޫރިޒަމް މިނިސްޓްރީ އަށް ކަމަށް ބުނެ ޒިޔަތު ކުރިން ބަޔާނެއް ދީފައިވާ ކަމަށް ދިފާއުން ބުނެފި

 

15:22: އެހެން ބަޔާން ދެވިފައި އޮވެދާނެކަމަށް ޒިޔަތު ވިދާޅުވި.

 

15:23: އަދީބަށް އޮފީހަށް ވަދެވޭ ގޮތަށް ފިންގަރޕްރިންޓް އެކްސެސް ދީފައި އޮންނާނެ ކަމަށް ޒިޔަތު ވިދާޅުވި

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ