އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީންގެ ޝަރީޢަތް: ހެކިބަސްނަގާ ޝަރީޢަތް ނިމުނީ! ދެން މިމައްސަލައިގެ އަޑުއެހުމެއް އޮންނާނީ ސެޕްޓެމްބަރ މަހު 3 ގަ!

ރައީސް ޔާމީންގެ ޝަރީޢަތް: ހެކިބަސްނަގާ ޝަރީޢަތް ނިމުނީ! ދެން މިމައްސަލައިގެ އަޑުއެހުމެއް އޮންނާނީ ސެޕްޓެމްބަރ މަހު 3 ގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގައި މިއަދު ބޭއްވުނު ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނެގުމުގެ ޝަރީޢަތް ނިންމާލައިފިއެވެ. ދެން މިމައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހު ކަމަށް ކްރިމިނަލް ކޯޓުގެ އިސް ޣާޒީ އަޙްމަދު ހައިލަމް ވިދާޅުވެފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި އެސީސީގެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަހާއި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ހެކިބަހުގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކިބަސް ވެސް ނަގާފައިވެއެވެ.

އެގޮތުން އަދީބް އާއި ޒިޔަތު ވެސް މިއަދުގެ އަޑުއެހުމުގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ އެންގެވުމުގެ މަތިން ޤާނޫނާއި ޚިލާފުވި ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އެންމެ ފަހުން ހެކިބަސް ނެގުނު ޒިޔަތު ވިދަޅުވީ އެމްއެމްޕީއާރްސީ އަށް ލިބެންޖެހޭ ޗެކް ހުންނާނީ އެކުންފުންޏަސް ލިބެންޖެހޭ ގޮތަށް ކަމަށާއި އެކަމަކު އެންޑޯޒް ކޮށްފައި އެހެން ކުންފުނިތަކަށް ޖަމާކުރަން އިރުޝާދު ދެއްވީ ރައީސް ޔާމީނާއި އަދީބު ކަމަށެވެ.

ޤާނޫނާއި ޚިލާފު ޢަމަލު ހިންގެވިކަމަށް މިއަދުވެސް އެއްބަސްވެ ވަޑައިގަންނަވަންތޯ ޒިޔަތު އާއި ރައީސް ޔާމީން ސުވާލު ކުރެއްވުމުން އޭނާ އެކަމަށް އެއްބަސްވެ ވަޑައިގަންނަވަމުން ވިދާޅުވީ އޭނާގެ މައްޗަށް ހުކުމް އިއްވާފަހުރީ އެހެންވެ ނޫންތޯއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ