އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަމުނަމާދު ކުރުމަށް ސަމާލުކަން ދޭށެވެ! އަދި ރުކޫޢާ ސުޖޫދުގަ ހޭދަކުރާ ވަގުތަށްވެސް ސަމާލުކަން ދޭށެވެ!

ދަމުނަމާދު ކުރުމަށް ސަމާލުކަން ދޭށެވެ! އަދި ރުކޫޢާ ސުޖޫދުގަ ހޭދަކުރާ ވަގުތަށްވެސް ސަމާލުކަން ދޭށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ދަމުނަމާދު ކުރުމަކީ ކިހައި މަތިވެރިވެގެންވާ އަޅުކަމެއްކަން އެންމެންނަށްވެސް އެނގޭނެއެވެ. ވީމާ މިދަރުސްގައި ބުނެލާނީ ހަމައެކަނި ދަމުނަމާދަށް ސަމާލުކަން ދިނުމަށެވެ. ހަމަ އެއާއިއެކު ސަމާލުކަން ދޭން ޖެހޭ އިތުރު ކަމެއްވެސް ހަނދާންކޮށްދޭނަމެވެ. 

ރަސޫލް (ޞޢވ) ދަމުނަމާދުކުރައްވަވާފައިވާ ގޮތަށް ބަލާއިރު ދަމު ނަމާދުގެ ރަކްޢަތުގައި ދިގު ސޫރަތްތައް ވިދާޅުވިއެވެ. އެހައި ދިގު ސޫރަތްތައް ވިދާޅުވުމަށްފަހު ރުކޫޢަށް ވަޑައިގެން ރަކްޢަތުގައި ހުންނެވިހައިއިރު ރުކޫޢްގައި އޮންނެވިއެވެ. އަދި ހަމަ އެހައިމެ ގިނައިރު ސަޖިދައިގައިވެސް އޮންނެވިއެވެ. މާނައަކީ ރަކްޢަތުގައި ކޮޅަށް ހުންނެވި ވަގުތާއި ރުކޫޢް އަދި އަދި ސުޖޫދުގައި ހޭދަކުރެއްވެވި ވަގުތު އެއްވަރެވެ. 

ވީމާ ދަމު ނަމާދުކުރާއިރު މިކަމާއިމެދު ވިސްނައިލަން އެބަޖެހެއެވެ. ރުކޫޢް އާއި ސުޖޫދުގައި ހޭދަކުރާ ވަގުތު ގިނަކުރަން އެބަޖެހެއެވެ. އެމީހަކަށް ވާން އޮތް ވަރަކުން ދިގުކުރާށެވެ! ނަމަވެސް އެންމެ ފުރިހަމަ ގޮތުގަކީ ރަސޫލް (ޞޢވ) ކުރެއްވެވި ގޮތްކަމަށް ކުރިން މިބުނި ގޮތެވެ. 

ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ 3 ބައިގެ ވަގުތު އެއްވަރުކުރުމަށްޓަކައި މަސައްކަތްކުރަންޖެހޭނެ ކަމަށެވެ. އެހެންކަމުން ކޮޅަށް ހުރި ވަގުތަކީ 5 މިނިޓް ކަމަށް ވެއްޖެ ނަމަ ރުކޫޢުގައިވެސް 5 މިނިޓް އިރު އޮންނާށެވެ. ސަޖިދައިގައި ވެސް 5 މިނިޓްއިރު އޮންނާށެވެ! ނުއޮވެވޭނަމަ އޮވެވޭވަރަކަށް އޮންނާށެވެ! އާންމު ނަމާދުތަކަށްވުރެ ދަމުނަމާދުގެ ރުކޫޢާއި ސުޖޫދުގައި ހޭދަކުރާ ވަގުތު ގިނަކުރާށެވެ!

 

- ޝައިޚް ޠާރިޤް އަޕްލިބީގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް