އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަހަރުގެ ޙައްޖު ދުވަހު ޢަރަފާތު ބިމުގައި ތިބި މީހުންނަށް ﷲ ގެ ކުޅަދުންވަންތަކަމާއި އޯގާތެރިވަންތަކަމުގެ މުޢްޖިޒާތް ދެއްކެވި!

މިއަހަރުގެ ޙައްޖު ދުވަހު ޢަރަފާތު ބިމުގައި ތިބި މީހުންނަށް ﷲ ގެ ކުޅަދުންވަންތަކަމާއި އޯގާތެރިވަންތަކަމުގެ މުޢްޖިޒާތް ދެއްކެވި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

މިއަހަރުގެ ޢަރަފާތު ދުވަހުވެސް ﷲ ތައާލާ، އެކަލާނގެ ކުޅަދުންވަންތަކަމާއި ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަމުގެ މުޢްޖިޒާތް ވަރަށް ފައުޅުކަން ބޮޑު ގޮތެއްގައި ދެއްކެވިއެވެ. ޢަރަފާތު ބިމުގައި އެންމެ ހޫނު ގަދަވީ ވަގުތު ކުއްލިއަކަށް އުޑުގައި ޖެހި ވިލާކޮޅެއް ބޮޑުވެލާފައި އައިސް ޢަރަފާތު ބިމުގައި ތިބި ޙައްޖުވެރިންނަށް ހިޔާ އަޅައިލަދިންތަން ވިސްނައިގެން މަންޒަރު ބެލި މީހަކަށް ނަމަ ވާނީ ފެނިފައެވެ.

މީސްތަކުންނޭވެ! އަހަރެމެންގެ ވަށައިގެން މިހިނގާ ކަންކަމާއިމެދު ފުންކޮށް ވިސްނަންވާނެއެވެ. އިސްލާމް ދީނުގައި ފައިތިލަ ސާބިތުކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އިސްލާމް ދީނާއި ދެކޮޅަށް ފަތުރަމުން ގެންދާ މައުލޫމާތު ތަކުގެ ސަބަބުން އުފެދޭ ޝައްކުތަކުން ސަލާމަތްވެ ހުރެވޭނީ ވަސައިގެން ހިނގަމުން މިދާ އެންމެހައި ކަންކަމަށް ލޯހުޅުވައި ބެލުމުންނެވެ. އަމިއްލަ ލޮލަށް ފެންނަ ކަންކަމުން ޢިބްރަތް ޙާޞިލުކުރުމުންނެވެ.

ކޮންމެ މުސްލިމަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ ﷲ ތަޢާލާ އާއި ވީހައި ބޮޑަށް ކުއްތަން ވުމަށެވެ. ގަދައަޅައި މަސައްކަތްކުރަންވީ އިބްރާހީމްގެފާނުގެ ސާބިތުކަން ލިބިގަނެ އެމީހެއްގެ ދަރަޖަ މަތިވެރިކުރުމަށެވެ. އިބްރާހީމްގެފާނަށް ﷲ ތަޢާލާގެ ޚަލީލް ނުވަތަ މިތުރުގެ ދަރަޖަ ލިބިވަޑައިގަތީ ހާދަ ގިނަ މުޞީބާތްތަކަށް ކެތެރިވެވަޑައިގަތުމުންނެވެ. ހާދަ ވަރުގަދައަށް ﷲ ތަޢާލާގެ މަގުގައި ސާބިތުވެވަޑައިގަތުމުންނެވެ.

އަހަރެންނަށް އެނގިފައިވާ އެނގުންތަކަށް ބަލާއިރު ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ފޭރާންކޮޅެއް ދެއްވަވާނީ އިބްރާހީމްގެފާނަށެވެ. އެއީ އެ ބިޔަ ބޮޑު އަލިފާން ގަނޑަށް އެއްލައި ލެއްވެވުނު ވަގުތުގައި ދެއްކެވި ސާބިތު ކަމަށްޓަކައެވެ. ﷲ ތަޢާލާ ކުރިމަތި ކުރައްވަވާ އިމްތިޙާނުތަކުގައި ސާބިތުވެ ﷲ ތަޢާލާގެ މަގުގައި ހުރެއްޖެ ކޮންމެ މީހަކަށް ވެސް ﷲ ތަޢާލާ އެކަމަށް ޚާއްޞަ ދަރަޖަ ދެއްވަވާނެތެވެ.

މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނަކީ އެކަލޭގެފާނުގެ ދަރަޖަ މަތިވެރިކުރެއްވެވުމަށްޓަކައި ޖާނާއި މުދަލުން ޤްރްބާންވެވަޑައިގެންނެވި ބޭކަލެކެވެ. ނަތިޖާއެއްގެ ގޮތުން ޞިއްދީޤްގެ ދަރަޖަ ވަނީ ލިވިވަޑައިގެންފައެވެ. އަހަރެމެންނަށްވެސް އޮތީ މަސައްކަތްކުރުމެވެ. މަސައްކަތް ކުރެވިއްޖެނަމަ އަހަރެމެންގެ ދަރަޖަ ވެސް ހަމަ އުފުލިގެންދާނެއެވެ! އިން ޝާ ﷲ.

--އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް