އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދަކީވެސް ބަރަކާތުން ފުރިގެންވާ ހުކުރު ދުވަހެކެވެ. ޞަލަވާތް ކިޔެވުމާއި ޛިކްރުކުރުން ގިނަކުރާށެވެ! މިފަދަ ދުޢާތައް ކުރުން ވެސް ގިނަކުރާށެވެ!

މިއަދަކީވެސް ބަރަކާތުން ފުރިގެންވާ ހުކުރު ދުވަހެކެވެ. ޞަލަވާތް ކިޔެވުމާއި ޛިކްރުކުރުން ގިނަކުރާށެވެ! މިފަދަ ދުޢާތައް ކުރުން ވެސް ގިނަކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

މިއަދަކީވެސް ބަރަކާތުން ފުރިގެންވާ ހުކުރު ދުވަހެކެވެ. ރަސޫލް (ޞޢވ)ގެ މައްޗަށް ޞަލަވާތް ކިޔެވުމާއި ޛިކްރުކުރުން ގިނަކުރާށެވެ. މިފަދަ ދުޢާތައްވެސް ކުރުން ގިނަކުރާށެވެ.

"ހައްދަވައި ގެންގުޅުއްވަވާ އިލާހް! އަޅަމެންނަށް ނުއެނގި ތިބެ ކުރެވޭ ކުއްތަކުން އަޅަމެން ސަލާމަތްކޮށްދެއްވަވާނދޭވެ! ފާފަތައް ދެނެގަނެ ފާފަތަކަށް އިންކާރުކުރުމުގެ ކުޅަދާނަކަން އަޅަމެންނަށް ދެއްވަވާނދޭވެ!

އަޅަމެންގެ ކިބައިން، އަޅަމެންގެ ބަލިކަށިކަމުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކުރާ އެންމެންގެ ކިބައިން އަޅަމެން ސަލާމަތްކޮށްދެއްވަވާނދޭވެ! އަޅަމެން ލައްވައި ޝައިޠާނީ ޢަމަލުތައް ކުރުވަން އުޅޭ މީހުންނާއި އެންމެހައި ޝައިޠާނީ ވަސްވާސްތަކުން އަޅަމެން ސަލާމަތްކޮށްދެއްވަވާނދޭވެ! އަޅަމެން ލައްވައި އެފަދަ ކަންކަން ކުރުވަން މަސައްކަތްކުރާ މީހުންނާއި އަޅަމެން ދުރުކޮށްދެއްވަވާނދޭވެ!

އަޅަމެންގެ ކޮނޑުތަކުގައި އުފުލަންޖެހިފައިވާ ފާފަތައް ނެތިކޮށް ދެއްވަވައި އަޅަމެންނަށް ލުއިކަން މިންވަރުކޮށްދެއްވަވާނދޭވެ! ސީދާވެގެންވާ ތެދުމަގަށް އަޅަމެންނަށް މަގުދައްކަވައި ދެއްވަވާނދޭވެ! އެމަގުގައި ސާބިތުވެތިބުމުގެ ކުޅަދާނަކަން އަޅަމެންނަށް ދެއްވަވާނދޭވެ! އާމީން."

--މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް