އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ރައީސްގެ ޚާއްޞަ މަންދުބުގެ ހައިޞިއްޔަތުން ޚާރިޖީވަޒީރު ޝާހިދު އއގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވައިފި

ރައީސްގެ ޚާއްޞަ މަންދުބުގެ ހައިޞިއްޔަތުން ޚާރިޖީވަޒީރު ޝާހިދު އއގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަރިއަތޮޅު އުތުރުބުރި ބައެއް ރަށްރަށް ވަޑައިގެން، ރަށު ކައުންސިލްތަކާއި ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފިއެވެ. 

މިނިސްޓަރ ޝާހިދު އެއަތޮޅަށް މިއަދު ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، އއ. އުކުޅަހުގައި މިއަދު ފެށުނު އުކުޅަސް ޓެކް ފެއަރ، އޭ.އައި މޯލްޑިވްސް އަދި ސްކީމާ 2019 މަހާސިންތާ ފައްޓަވައިދެއްވުމަށާއި، އުކުޅަސް ކޮންވެންޝަން ސެންޓަރ ހުޅުވައިދެއްވުމަށެވެ. 

އުކުޅަސް ކޮންވެންޝަން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީއާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން 24 ދުވަހުގެ ތެރޭގައި ނިންމި ސެންޓަރެކެވެ.  

އުކުޅަހަށްފަހު މިނިސްޓަރ ޝާހިދު ވަޑައިގެންފައިވަނީ އއ. ރަސްދޫއަށެވެ. އެރަށަށް ވަޑައިގެން މިނިސްޓަ ޝާހިދު ވަނީ ރަށު ކައުންސިލާއި އަރިއަތޮޅު އުތުރުބުރި އަތޮޅު ކައުންސިލްގެ ބައެއް މެމްބަރުންނާއި ބައްދަލުކުރެއްވިއެވެ. އަދި އެރަށުގެ ވަށައިގެން ގިރަމުންދާ ބައެއް ސަރަހައްދުތައް ބައްލަވާލައްވައި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ބެހޭ މައުލޫމާތު ސާފު ކުރެއްވިއެވެ. ރަސްދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ލިބިފައިވާއިރު، އެމަސައްކަތް އެމްޓީސީީސީއާ މިހާރު ވަނީ ހަވާލުކޮށްފައެވެ. 

މިނިސްޓަރ ޝާހިދު މިއަދު ދެން ވަޑައިގެންފައިވަނީ އއ. ތޮއްޑޫއަށެވެ. ތޮއްޑޫ ރަށު ކައުންސިލްގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންއާއެކު ތޮއްޑޫ ކައުންސިލް އިދާރާގައި މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި ތޮއްޑޫގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ބޭރުގެ މާކެޓްތަކަށް ވިއްކުމާއި ބެހޭ ގޮތުންނާއި، ކައުންސިލުން ފާހަގަކުރި އެެރަށަށް ދިމާވެފައިވާ އެކި ކަންކަމާއި ބެހޭ ގޮތުން އެބޭފުޅުންނާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރެެއްވިއެވެ. ތޮއްޑޫއިން ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރ ޝާހިދު ވަނީ ކައުންސިލް މެމްބަރުންނާއިއެކު އެރަށުގައި ދަނޑުވެރިކަންކުރާ ސަރަހައްދު ބައްލަވާލައްވާފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް