އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޚް ސިނާން ރައީސް މައުމޫނަށް!: ހާދިސާއަކާ ގުޅިގެން ޞަޙާބީއަކު ޙަދީޘެއް ރިވާ ކުރުމަކީ ދޮގު ތުހުމަތު ކުރެވޭނެކަމެއް ނޫން!

ޝައިޚް ސިނާން ރައީސް މައުމޫނަށް!: ހާދިސާއަކާ ގުޅިގެން ޞަޙާބީއަކު ޙަދީޘެއް ރިވާ ކުރުމަކީ ދޮގު ތުހުމަތު ކުރެވޭނެކަމެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 5 ސިކުންތު

ހާދިސާއަކާ ގުޅިގެން ޞަޙާބީއަކު ޙަދީޘެއް ރިވާ ކުރުމަކީ ދޮގު ތުހުމަތު ކުރެވޭނެކަމެއް ނޫންކަމަށާއި އަހްލުއްސުންނަތުގެ ޢިލްމުވެރިންގެ އަރިހުގައި ހުރިހާ ޞަޙާބީންނަކީވެސް ޢަދުލުވެރި ބޭކަލުންކަމަށް ވިދާޅުވެ އައްޝައިޚް މުޙައްމަދު ސިނާން ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ރައްދު ދެއްވައިފިއެވެ

ޙަދީޘް ޢިލްމުގެ ދާއިރާއިން މަދީނާ ޔުނިވަރސިޓީން މަތީތަޢުލީމު ޙާޞިލުކުރައްވާފައިވާ ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޙައްމަދު ސިނާން އެބޭފުޅާގެ ފޭސްބުކް ޕޭޖުގައި މިއަދު ލިޔުއްވި ސްޓޭޓަސްއެއްގައި ވިދާޅުވެފައިވަނީ މައުމޫނު ޢަބްދުލް ޤައްޔޫމުގެ ނަމުގައި، 26 އޮގަސްޓު 2019 ގައި އޮފީސް އޮފް ފޯމާ ޕްރެޒިޑެންޓް މައުމޫނު ކިޔާ އޮފީހަކުން ނެރިފައިވާ ލިޔުމެއްގައި ދޮގެއް ތެދެއް ނުބަލައި ޞަޙާބީއަކަށް އެއްޗެހި ގޮވާފައިވާކަމަށެވެ. އަދި މިފަދަ ފަރާތްތަކާމެދު ޚަބަރުދާރުވުމަށް ގޮވާލައްވާފައިވެއެވެ.

 

މައުމޫނު ޢަބްދުލް ޤައްޔޫމުގެ ނަމުގައި، 26 އޮގަސްޓު 2019 ގައި އޮފީސް އޮފް ފޯމާ ޕްރެޒިޑެންޓް މައުމޫނު އިން ނެރިފައިވާ މިލިޔުން ލިޔެފައިވާ ފަރާތްމިވަނީ ދޮގެއް ތެދެއް ނުބަލައި ޞަޙާބީއަކަށް އެއްޗެހި ގޮވާފަ. މުޣީރާ ބިން ޝުޢުބާއަށް ޒިނޭގެ ތުހުމަތު ކުރެވުމުން އެކަމަށް ހެކިވެރިވި ބޭކަލެއް އަބޫބަކްރާ ރަޟިޔަﷲ ޢަންހުއަކީ. ޒިނޭކުރިކަމަށް 4 ހެކިން ބޭނުންވާއިރު، ހެކި ހަމަނުވުމުގެ ސަބަބުން ހައްދު ޖެއްސެވީ. އެއްވެސް ޙާލެއްގައި ދޮގަކަށް ވެގެނެއް ނޫން. ހެކި ހަމަނުވީމަ ޙައްދު ސާބިތުވޭ. ހާދިސާއަކާ ގުޅިގެން ޞަޙާބީއަކު ޙަދީޘެއް ރިވާ ކުރުމަކީ ދޮގު ތުހުމަތު ކުރެވޭނެކަމެއް ނޫން. އަދި އަހްލުއްސުންނަތުގެ ޢިލްމުވެރިންގެ އަރިހުގައި ހުރިހާ ޞަޙާބީންނަކީވެސް ޢަދުލުވެރިން.“ ޝައިޚް ސިނާން ވިދާޅުވެފައިވެއެވެ

ޝައިޚް ސިނާން މިފަދައިން ހާމަކޮށްފައިވަނީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ދެ އަންހެނަކު އައްޔަނު ކުރުމަށް ރައީސް އިބްރާހީމް ނަން ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ. މިމައްސަލައިގައި ރާއްޖޭގެ އިތުބާރުހިފޭ އެތައް ޢިލްމުވެރިންނެއްވަނީ ދެކޮޅު ހައްދަވައި، ޙައްޤުބަސް ބަޔާންކޮށްދެއްވާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

 

މައުމޫނު ޢަބްދުލްޤައްޔޫމަކީ އޭނާގެ ވެރިކަމުގައި ދީނީ ބައެއް މައްސަލަތަކުގައި ސުންނަތާއެއްގޮތަށް ޢަމަލުކުރާތީ ދީނަށް ލޯބިކުރާ ފަރާތްތައް ބަންދުކޮށް، ތަފާތު އެކިއެކި އަހުވަ ދައްކައި، އަނިޔާވެރި މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ. އަދި އިސްލާމީ އުއްމަތުގެ އެއްވެސް ޢިލްމުވެރިއަކު ޚިލާފުވެފައިނެތް އަންހެނުން ބުރުގާއެޅުމުގެ ޙުކުމަށް އިންކާރުކޮށް އެކަންވެސް ރައްޔިތުންނަށް އޮޅުވާލާފައިވާ މީހެކެވެ. އަދި އޭނާ ގެންދަނީ ޢުމުރުގެ ފަހުކޮޅުގައިވެސް އިސްލާމް ދީނުގެ ޙުކުމްތައް އޮޅުވާލައި ޢިލްމީގޮތުން ތިމާގެ ނާޤާބިލުކަން ފޮރުވުމަށްޓަކައި ރައްޔިތުންނަށް އެތައް ޚިޔާނާތެއް ވަމުންނެވެ

 

އަންހެނުން ޤައުމުގެ ވެރިކަމާއި، ޤާޟީކަމަށް ޢައްޔަނު ކުރުމަކީ ހުއްދަވެގެން ނުވާ ކަމެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނުވެއެވެ. ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންވަނީ މި މައްސަލައިގައި މައުމޫނު ޢަބްދުލް ޤައްޔޫމަށް ސޯޝަލް މީޑިޔާގައި ރައްދުދެއްވާފައެވެ

 

ލިޔުމުގެ އަޞްލު:

http://www.jamiyyathsalaf.com/2119/

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް