އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްތުވާތަކެއްޗާއެކީ ހައްޔަރުކުރި ދެ އަންހެނުންގެ ތެރެއިން އެކަކީ ފިލްމީތަރި މަލީހާ!

މަސްތުވާތަކެއްޗާއެކީ ހައްޔަރުކުރި ދެ އަންހެނުންގެ ތެރެއިން އެކަކީ ފިލްމީތަރި މަލީހާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

މާލެއިން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ހަވީރު 17:00 ހާއިރު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވާ ދެއަންހެނުންގެ ތެރެއިން އެކަކީ ދިވެހި ފިލްމީތަރި މަލީހާ ވަހީދު (މަލް) ކަން ހާމަވެއްޖެއެވެ.

އެއީ ކޮންބައެއްކަން ހާމަނުކޮށް، ފުލުހުން ވިދާޅުވެފައިވަނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ދެ އަންހެނުން ކަމަށާއި މާމިގިލީ ބަނދަރު ސަރަޙައްދުން އެދެ އަންހެނުން ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު އެމީހުން ގެންގުޅުނު ދަބަހުން މަސްތުވާތަކެތިހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ހުރި ޕެކެޓެއް ވެސް ފެނިފައިވާ ކަމަށެވެ.

ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކީ ފިލްމީތަރި "މަލް" ކަން އިތުބާރުހުރި ފަރާތަކުން ވަނީ ޔަގީނ ކޮށްދީފައެވެ.

ފިލްމު "ނޭނގިޔާރު ވަކިވީ" އިން ދިވެހި ފިލްމު އިންޑަސްޓްރީއަށް ތަޢާރަފްވި އަދި "ބައިވެރިޔާ" އިން ގިނަ ބެލުންތެރިންގެ ސަމާލުކަން ހޯދި މަލް ވަނީ، ފިލްމީ ދާއިރާއިން ވަކިވެފައިވާ ކަމަށް ވެސް ވަރަށް ފަހުން ބުނެފައެވެ.

އިންސްޓަގްރާމް ސްޓޯރީގައި "ދެން އެންމެ އަވަހަށް ނިކުންނަނީ މަލްގެ ކޮން ފިލްމެއްތޯ" ބެލުންތެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން، އޭނާ ބުނެފައިވަނީ ފިލްމީ ދާއިރާ ދޫކޮށްލާފައިވާ ކަމަށާއި ސަބަބު ފަހުން ބުނާނެ ކަމަށެވެ. ނަމަވެސް ރަސްމީކޮށް އެއްވެސް ފަރާތަކަށް އޭނާ އެކަން އަންގާފައިނުވާތީ، އެކަމަށް ގިނަ ބައެއްގެ ސަމާލުކަން މާބޮޑަކަށް ގޮސްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ