އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ދީނީ މީހުން" އެއްވެސް މީހަކު މަރާކަށް ހިތްވަރެއް ނުދޭނެ - އެފަދަ ކަންކަމަށް ހިތްވަރު ދޭނީ "ދީން ނޭނގޭ މީހުން": ޑރ. އިޔާޟް

"ދީނީ މީހުން" އެއްވެސް މީހަކު މަރާކަށް ހިތްވަރެއް ނުދޭނެ - އެފަދަ ކަންކަމަށް ހިތްވަރު ދޭނީ "ދީން ނޭނގޭ މީހުން": ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

"އިސްލާމް ދީނުގެ މައުލޫމާތު ލިބިފައިވާ އެއްވެސް މީހަކު މީހުން މަރާކަށް ނުވަތަ އެނޫންވެސް އަނިޔާބެރިކަމަކަށް ހިތްވަރެއް ނުދޭނެއެވެ. ބައަކު މީހުން ކަމެއް ކުރީމާ އެކަމަކީ "ދީނީ މީހުން" ކުރި ކަމެއް ކަމަށް ބުނުމުގެ ބަދަލުގައި އިންޞާފުވެރިވާނީ "ދީން ނޭނގޭ މީހުން" ކުރި ކަމެއް ކަމަށް ބުނުމެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާމް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ އެއްވެސް ދީނީ ޢިލްމުވެރިއަކު އެއްވެސް މީހަކަސް އަނިޔާވެރިވުމަށް އެއްވެސް ބަސްފުޅެއް ވިދާޅުވި ކަމުގެ އެއްވެސް މައްސަލައެއް މިހައިތަނަށް ކުރިމަތިވެފައިވީކަން އެއްވެސް ގޮތަކަށް އެނގޭކަށް ނެތެވެ. ދީނީ ޢިލްމުވެރިން އަބަދުވެސް އިމްތިމާސްކުރައްވާފައިވަނީ އެވެސް މީހަކާއިމެދު އަނިޔާވެރު ނުވުމަށްކަން ފާހަގަކުރެވެއެވެ.

އެހެންކަމުން ބައަކު ކުރާ ނޭދެވޭ ކަންކަމާއި ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންނާއި ގުޅުވުމުގެ އެއްވެސް ޙައްޤެއް ނެތް ނަމަވެސް ދީނީ ޢިލްމުވެރިންނާއި ބައެއް ކަންކަން ގެންދަނީ ގުޅުވަމުންނެވެ. އެކަން ކުރަނީ އިސްލާމް ދީނާއި ހަސަދަވެރިވެ ދީނީ ޢިލްމޔވެރިންގެ އިތުބާރު ނަގައިލަން ބޭނުންވާ މީހުންކަންވެސް އަންނަނީ ފާހަގަކުރެވެމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް