އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޔާސީ ކޮމިޝަނުގެ ރިޕޯޓުން ވަރަށް މުހިންމު ބައެއް މަދު!

ރިޔާސީ ކޮމިޝަނުގެ ރިޕޯޓުން ވަރަށް މުހިންމު ބައެއް މަދު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

މަރުތަކުގެ މައްސަލަތައް ބަލަމުން ގެންދާ ރިޔާސީ ކޮމިޝަނުން އެންމެ ފަހުން ހާމަކުރި މައުލޫމާތުގައި ވަރަށް މުހިންމު ބައެއް މަދުކަން ފާހަގަކުރެވެއެވެ. އެއީ ސީދާ ރިޟްވާން އާއި ގުޅުން ހުރި މައްސަލައެއް ކަމުގައި ނުވި ނަމަވެސް ހިއްލަތުމެންގެ ވާހަކަތައް ތައްރީފް ލިބެނިވި ގޮތަކަށް ހާމަކުރިއިރު އެ މައްސަލަތަކުގެ ފެށުމުގެ ވާހަކައެވެ.

މިދަންނަވަނީ "މިނިވަން ފިކުރުގެ" ޒުވާނުންތަކެއް އާޓިފިޝަލް ބީޗްގައި ދީނީ މިނިވަން ކަމަށް ގޮވާލައި ކުރި މުޒާހަރާގެ ވާހަކައެވެ. އެ މައްސަލަ ބަލަމުން ގެންދާ ކަމަށް ފުލުހުން ބުނެފައިވީނަމަވެސް ބެލިގޮތެއް އެޅި ފިޔަވަޅެއް އެނގެން ނެތް ވާހަކައެވެ. އެކަންކަމާއި ރައްޔިތުންގެ ގިނަ ބައަކު ކަންބޮޑުވުން މިހާރުވެސް ފައުޅުކުރަމުން ގެންދާ ވާހަކައެވެ.

މުސްލިމަކު އިސްލާމް ދީން ދޫކޮށްފިނަމަ އެމީހަކަށް ވިސްނައިދީގެން އިސްލާމް ދީނަށް އަނބުރައި ވައްދުވަން މަސައްކަތް ކުރުމަކީ ވަލިއްޔުލްއަމުރުގެ މައްޗަށް މާތް ﷲ ވާޖިބު ކުރައްވަވާފައިވާ ކަމެކެވެ. އަދި 3 ދަހު ތައުބާވުމަށް ނަޞޭޙަތް ދިނުމުން އެކަން ޤަބޫލު ނުކުރިނަމަ އަމަލުކުރަން ޖެހޭ ގޮތް ވެސް ވަރަށް ސާފުކޮށް އެނގެން އެބަ އޮތެވެ. ވަލިއްޔުލްއަމުރުގެ ވާޖިބުތައް އަދާކުރި ކަމަކަށްވެސް ނުވާނެއެވެ.

ވީމާ މިފަދަ މުހިންމު ކަމެއް ހިނގައި ގޮސްފައިވާއިރު، އެއިން އެއްވެސް ވާހަކައެއް ނެތުމަކީ ކަންބޮޑުވާ ކަމެކެވެ. ސަބަބަކީ ދައުލަތުން ނަގަން ޖެހޭ ޒިންމާތައް ނުނެގުމަކީ ރަނގަޅު ނޫން ގޮތްގޮތަށް ކަންކަން ހިނގަން މެދުވެރިވާ ސަބަބެއް ކަމަށް ޤަބޫލުކުރެވޭތީއެވެ. އެކަން މުޅި ދުނިޔެވެސް ޤަބޫލުކުރާތީއެވެ.

މިފަދަ މުހިންމު ކަންކަން ހާމަނުކޮށް މިސްކިތްތަކާއި ދީނީ ޢިލްމުވެރިން ބަދުނާމު ކުރެވޭ ގޮތަށް ރިޕޯޓް ހާމަ ކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. މަޤްޞަދު މޮޅަށް ދެނެވޮޑިގެންވާނީ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ މާތް ﷲއެވެ.

--މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް