އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އިސްތިޚާރާކޮށްގެން ކުރާ ކައިވެނި ރޫޅެނީ ކީއްވެ؟

އިސްތިޚާރާކޮށްގެން ކުރާ ކައިވެނި ރޫޅެނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ސާރާ ކައިވެނި ކުރީ އިސްތިޚާރާކޮށްގެންނެވެ. ނަމަވެސް ކައިވެނި ރޫޅުނީއެވެ. ކައިވެނި ރޫޅުމުން ބައެއް އެކުވެރިން ސާރާ ކުރި އިސްތިޚާރާ އަށް ފާޑުކިޔައި ނަތީޖާ ގޯސްކުރިއެވެ. އިސްތިޚާރާ ރަނގަޅުކަން ޤަބޫލުކުރެވުނީ ސާރާ ދެވަނަ ކައިވެނި ކުރުމުންނެވެ. ދެވަނައަށް ލިބުނު ފިރިމީހާގެ އޯގާތެރިކަމާއި ލޯބި ދިނުން ހުރި މިންވަރު އެނގުމުންނެވެ.

ސާރާއަށް އުފާވެރިކަން ލިބުން އޮތީ 2 ވަނަ ކައިވެނިންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެއީ އެއްވެސް އިންސާނަކަށް އެނގޭނެ ކަމެއް ނޫނެވެ. ވީމާ މިއީ ވިސްނައިލަންޖެހޭނެ ކަމެކެވެ.

އިސްތިޚާރާ ނަމާދުކުރުމުން ފެންނަ ފެނުމަށް ކުރާ ކައިވެނި ރޫޅެނީ ކީއްވެގެންތޯ ބައެއް މީހުން ސުވާލުކުރެއެވެ. އިސްތިޚާރާ ކުރި ނަމަވެސް ކައިވެނި ރޫޅިދާނެއެވެ. އެހެނީ އެމީހެއްގެ ޙަޔާތުގައި އުފާވެރިކަން އޮތީ ދެވަނަ ކައިވެނިން ކަމަށްވާނަމަ ފުރަތަމަ ކައިވެންޏާއިމެދު އެގޮތަށް ފެނިދާނެއެވެ. އެކައިވެނި ކުރަން ފެނިދާނެއެވެ. ވީމާ އެއީ އިސްތިޚާރާ ގޯސްވުމެއް ނޫނެވެ. އިސްތިޚާރާ އިން އެފެނުނީ އެވަގުތަށް އޮތް އެންމެ ރަނގަޅު ގޮތެވެ.

އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ އިސްތީޚާރާއިން އެ ކަމެއް ނުކުރަން ވިސްނޭ ކަންކަން ނުކުރުމަށެވެ. މިސާލަކަށް އިސްތިޚާރާ ކުރުމުން އެ ކައިވެންޏެއް ނުކުރަން ވިސްނިއްޖެ ނަމަ ނުވަތަ ބުރަ ވެވިއްޖެ ނަމަ އެ ކައިވެނި ކުރުމެއް ނެތެވެ. އޮތީ ނުކޮށް ދޫކޮށްލުމެވެ. މިފަދަ ކަންކަމަށް ނުވިސްނައި ބައެއް މީހުން އިސްތިޚާރާ ގޯސް ކުރެއެވެ. އެއީ ރަނގަޅަށް ކުރެވޭ ކަމެއް ނޫނެވެ. އިސްތިޚާރާއިން ފެންނާނީ ނުވަތަ ވިސްނޭނީ ރަނގަޅަށެވެ. ހަމައެކަނި މައްސަލައަކީ ފޮރުވިފައިވާ ކަންކަން ނުއެނގުމެވެ.

ކައިވެނި ކުރުމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅާއި އެއްގޮތަށް އަމަލުކުރުމަށެވެ. އެއީ ހެޔޮލަފާ ތަޤްވާވެރިންނާއި ކައިވެނިކުރުމެވެ. އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް މެއެވެ.

ތަޤްވާވެރިންނާއި ކުރާ ކައިވެނީގައިވެސް މައްސަލަތައް ކުރިމަތިވެ ރޫޅޭ ގޮތް މެދުވެރިވެއެވެ. މަދުން ނަމަވެސް އެފަދަ ކަންކަން ހިނގައެވެ. ތަޤްވާވެރި އަކާއި ކުރާ ކައިވެނި ރޫޅުނު ކަމުގައިވީނަމަވެސް ޔަޤީން ކުރަން ޖެހޭނެ ކަމަކީ ތަޤްވާވެރިއެއްގެ ކިބައިން އަނިޔާވެރިކަން ނުފެންނާނެ ކަމެވެ. އަނިޔާ ނުލިބޭނެ ކަމެވެ. ތިމާގެ އާޚިރަތް ގެއްލޭނެ ފަދަ ކަންކަން މެދުވެރި ނުވާނެ ކަމެވެ.

ދިމާވާ ހާލަތެއްގެ ސަބަބުން ދެވަނަ ކައިވެންޏެއް ކުރަން ޖެހުމަކީ މައްސަލައެއް ކަމުގައި ނުދެކޭށެވެ. ކުރިން ބުނި ފަދައިން ދެވަނަ ކައިވެންޏަކީ މާ އުފާވެރި ކައިވެންޏެއް ކަމުގައިވެސް ވެދާނެއެވެ. އަދި ބައެއް ޙާލަތުގައި އިތުރު ކައިވެންޏެއް ނުކޮށް ހުންނަން ޖެހުމަކީވެސް އެމީހަކަށް އެންމެ ރަނގަޅު ގޮތް ކަމަށްވެސް ވެދާނެއެވެ. އެކަންކަން އަހަރެމެންނަކަށް ނުއެނގޭނެއެވެ. އެކަންކަން ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


29%
ވ.ރަނގަޅު
8%
ރަނގަޅު
28%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް