އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިފައިންގެ މީހެއްގެ އެހީތެރިކަމާއެކު ފަނަރަ ދުވަހުގެ ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތްވެއްޖެ !!

ސިފައިންގެ މީހެއްގެ އެހީތެރިކަމާއެކު ފަނަރަ ދުވަހުގެ ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތްވެއްޖެ !!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ސިފައިންގެ މީހެއް ގެ އެހީތެރިކަމާއެކު 15 ދުވަހުގެ ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތްވެއްޖެއެވެ. 

 އިއްޔެ ހެނދު 10.30 ހާއިރު، ހ. ފެންނާގެ 6 ވަނަ ފަންގިފިލާގައި އޮތް އުމުރުން 15 ދުވަސްވީ ތުއްތު ކުއްޖެއްގެ ނޭވާހުއްޓިގެން ސިއްހީ އަވަސްފަރުވާއަށް ޕްރައިވެޓް އިބްރާހިމް ސިނާން ގެ އަތްދަޑިމަތީގައި އެމް އެންޑީ އެފް ސެނަހިޔާ އަށް އުފުލާދީ، އެކުއްޖާގެ ފުރާނަ ސަލާމަތް ކޮށްދިނުމުގައި ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ

އަދި ސެނެހިޔާ އިން އެކުއްޖާ އަށް އަވަސްފަރުވާއަށް ދީފައިވަނީ ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރ، ފަސްޓްލެފްޓިނެންޓް ޑރ. ޝިފްލާ އަބްދުލް ލަތީފްއެވެ.

 ސަލާމަތީ ބާރުތަކުގެ  އޮފިސަރުން އެކި ފަހަރުމަތިން މިފަދަ އެކި ހާލަތްތަކުގައި އެތައްކެ ބައެއްގެ ފުރާނަ ސަލާމަތްކޮށް އެހީތެރިކަން ފޯރުކޮށްދީވެއެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ