އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖްގެ ގިނަ ދަރިވަރުންތަކެއް އެކްސްޕޯޝަރ ދަތުރެއްގައި ތުރުކީއަށް ފުރައިފި

ވިލާ ކޮލެޖްގެ ގިނަ ދަރިވަރުންތަކެއް އެކްސްޕޯޝަރ ދަތުރެއްގައި ތުރުކީއަށް ފުރައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

ވިލާކޮލެޖްގެ 45 ދަރިވަރުން އެކްސްޕޯޝަރ ދަތުރެއްގައި،  އެއްފަރާތުން އޭޝިޔާ އާއި ޔޫރަޕު ގުޅުވައިދޭ ފާލަންކަމަށްވާ، ތުރުކީއަށް ދިއުމަށްޓަކައި މިއަދު ފުރައިފިއެވެ.

ވިލާކޮލެޖުން ބުނެފައިވަނީ އެކޮލެޖްގެ ސްޓޫޑެންޓް އެސޮސިއޭޝަނުން އިންތިޒާމުކޮށްގެން މެނޭޖްމެންޓާއި ގުޅިގެން ރާވައިފައިވާ މިދަތުރުގައި ތުރުކީގެ 6 ސިޓީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ތުރުކީގެ ބައެއް ޔުނިވާރސިޓީތަކުގެ އިތުރުން ތާރީޙީ ބައެއް ތަންތަން ބަލާލަން ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

9 ދުވަހަށް ތުރުކީއަށްކުރާ މި ދަތުރުގެ ބައިވެރިންގެ ތެރޭގައި މާސްޓާސް، ޑިގްރީ އަދި ސެޓްފިކެޓް ލެވެލް ޕްރޮގްރާމްތަކުގައި ކިޔަވަމުންގެންދާ ދަރިވަރުން ހިމެނެއެވެ. އަދި ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަސްގެ ދަރިވަރުންގެ އިތުރަށް އަތޮޅުތެރޭގެ ކެމްޕަސްތަކުންވެސް ދަރިވަރުން ބައިވެރިވެފައި ވެއެވެ.

ސްޓޫޑެންޓް އެސޯސިއޭޝަނުން މައުލޫމާތުދޭގޮތުގައި މި ފަހަރުގެ މި ދަތުރު ތުރުކީއަށް ދިއުމަށް ރާވާފައިވަނީ ތުރުކީ އަކީ އިސްލާމީ ގައުމަކަށް ވެފައި، ގަދީމީ ގޮތުން ބަލާއިރުވެސް ވަރަށް ގިނަ ކަންތައްތަކެއްވާ ގައުމަކަށް ވާތީކަމަށެވެ.

ވިލާ ކޮލެޖު ސްޓޫޑެންޓް އެސޮސިއޭޝަނުން އިންތިޒާމުކޮށްގެން މިދިޔަ އަހަރުވެސް ވަނީ ދުނިއޭގެ އެންމެ ކުރިއަރާފައިވާ އެއްޤައުމުކަމަށް ވާ ޔޫ.އޭ.އީ ގެ ދުބާއި އަދި އަބޫދާބީ ސިޓީއަށް 7 ދުވަހުގެ ދަތުރެއް ކޮށްފައެެވެ.

އެގޮތުން ދަރިވަރުންނައް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ފައިދާހުރި ދަތުރަކަށް މި ދަތުރުވެސް ވެގެންދާނެކަމަށް ވިލާ ކޮލެޖުން މައުލޫމާތުދެއެވެ.

އަދި މި ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ ވިލާ ކޮލެޖުގެ ސްޓޫޑަންޓް އެސޯސިއޭޝަންގެ ފަރާތުންނެވެ.

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު