އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން ބޭއްވި "ޤައުމީ ޕެޓްރޯލް-ލީޑަރސް ކޭމްޕް" ނިންމާލައިފި

ދިރާގުން ބޭއްވި "ޤައުމީ ޕެޓްރޯލް-ލީޑަރސް ކޭމްޕް" ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ގާރލް ގައިޑް އެސޯސިއޭޝަނާއި ދިރާގު ގުޅިގެން މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ކުރިއަށްގެންދިޔަ "21ވަނަ ޤައުމީ ޕެޓްރޯލް-ލީޑަރސް ކޭމްޕް ނިންމާލައިފިއެވެ.

ކ. މާފުށީގައި ބޭއްވުނު މިކޭމްޕް ނިންމާލުމުގެ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މިރަސްމިއްޔަާތުގައި ވާހަކަފުޅު ދައްކަވަމުން ގާރލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ ނިއުމަތު ޝަފީޤް ވިދާޅުވީ އާންމުގޮތެއްގައި މިއީ ކޮންމެ ގައިޑް އަކަށް ވެސް އެންމެ ފަހަރަކު ބައިވެރިވުމުގެ ފުރުސަތު އޮންނަ ކޭމްޕެއް ކަމަށާއި ނަމަވެސް ގިނަ ކުދިން މިކޭމްޕަށް ބޮޑަށް ޝައުޤުވެރިކަން ހުރުމުގެ ސަބަބުން މިހާރު ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރެވިފައިވާ ކަމަށެވެ. 

މިކޭމްޕުގެ ސަބަބުން އިންޓަނެޓް ބޭނުންކުރާނެ ރަނގަޅު ގޮތްތައްވެސް ދަރިވަރުންނަށް ދަސްކޮށްދެވިފައިވާނެ ކަމަށާއި އިންޓަނެޓް ބޭނުން ކުރާއިރު އެކަކު އަނެކަކަށް އިޚްތިރާމް ކުރަންވެސް ދަސްކޮށްދެވިފައިވާނެ ކަމަށް ނިއުމަތު ވިދާޅުވިއެވެ.

މިކޭމްޕް ހިންގުމުގައި އެހީތެރިވެދެއްވި އެކިއެކި ފަރާތްތަކަށް މިރަސްމިއްޔާތުގައި ހަނދާނީ ފިލައެއް ނައިބު ރައީސްގެ އަތްޕުޅުން އަރުވާފައިވެއެވެ. އެގޮތުން ދިރާގު، މޯލްޑިވްސް ޕޮލިސް ސާރވިސަސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ވެސް ހިމެނިގެންވެއެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، މުޖުތަމައުގައި ރިވެތި އަޚްލާޤު ދެމެހެއްޓުމަށް ގާރލް ގައިޑުންނަކީ ވަރަށް މުހިންމު ރޯލެއް އަދާ ކުރާ ބައެއް ކަމުގައާއި، މުޖުތަމަތުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ މުހިންމުކަން ގާރލް ގައިޑުންގެ ސަބަބުން ހާމަވެގެންދާ ކަމަށެވެ. އަދި ގާރލް ގައިޑުންނަކީ އަބަދުވެސް މުޖުތަމައުއަށް ރީތި މިސާލެއް ދައްކުވައިދޭ ބައެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. 

ގާރލް ގައިޑް އެސޯސިއޭޝަނާއި ދިރާގު ގުޅިގެން އިންތިޒާމްކުރި މިކޭމްޕުގެ ސަބަބުން ގައިޑުންނަށް ވަރަށް ގިނަ ކަންތައްތަކެއް އުނގެނިގެން ދިޔަ ކަމަށް މިކޭމްޕުގެ ބައިވެރިން ބުންޏެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ