އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުންގެ ބަދު ދުޢާއިން އާޚިރަތް ގެއްލިއްޖެ ނަމަ ދުނިޔޭގަ ގަދަބާރުން ހޯދި އުފާތައް ވެގެންދާނީ ނަރަކައިގައި އެމީހަކު އަންދާނެ ދަރަށް!: މުފްތީ މެންކް

މީހުންގެ ބަދު ދުޢާއިން އާޚިރަތް ގެއްލިއްޖެ ނަމަ ދުނިޔޭގަ ގަދަބާރުން ހޯދި އުފާތައް ވެގެންދާނީ ނަރަކައިގައި އެމީހަކު އަންދާނެ ދަރަށް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

މީސްތަކުން ދުނިޔޭގައި ހޭދަކުރާ ހަޔާތަކީ ދެފައި ބިންމަތީގައި އަޅައިގެން ހޭދަކުރެވޭ ދުވަސްތަކެއް ކަމުގައި ނުދެކޭށެވެ. ބުއްދިވެރިން ދެކެން ޖެހޭނީ އެއްފައި ހުރީ ލޮނދި ދޮންކެޔޮތޮށިގަނޑެއްގެ މަތީގައި ކަމަށާއި އަނެއްފައި ހުރީ ކައްވަޅުގައި ކަމަށެވެ. އެހެންކަމުން ކޮންމެ ވަގުތަކުވެސް ކައްވަޅަށް ވެއްޓިދާނެ ކަމަށެވެ. ސަލާމަތްވާނީ އެ ވިސްނުމުގައި ދުނިޔޭގަ އުޅޭ މީހުންނެވެ. 

ނަމަވެސް ބައެއް މީހުން އެކަމަށް ސަމާލުކަމެއް ނުދެއެވެ. އަޅުކަން ނުކުރާތަނުގައި ދިރިއުޅެނީ މީސްތަކުންނަށް މުޞީބާތަކަށްވާ ގޮތަށެވެ. ނަތީޖާއަކަށްވަނީ މީސްތަކުން އަބަދުވެސް އެމީހާގެ ކިބައިން ސަލާމަތްވުމަށް އެދިއެދި ތިބުމެވެ. އަދި ގިނަ ބައަކު އެމީހާ އަވަހަށް މަރުވުމަށް އެދިއެދި ތިބުމެވެ. ގިނަ ބައަކު އެމީހާ އާއިމެދު މިގޮތަށް އެދޭނަމަ އެމީހަކަށް ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ! 

އިސްލާމް ދީނުގައި އޮތީ އެގޮތަށް ދުނިޔޭގައި އުޅުމެއް ނޫނެވެ. މީސްތަކުންގެ ލޯތްބާއި ރުހުން ލިބޭނެ ގޮތަށް ދުނިޔޭގައި އުޅުމެވެ.  ގިނަ ބައަކު މީހަކަށް ނަފްރަތުކުރާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެކަމުން އެނގެނީ އެމީހާގެ ކިބައިގައި އުނި ކަންތައްތަކެއް އެބަހުރިކަމެވެ. އިޞްލާޙްކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަމެވެ. 

މީސްތަކުންނޭވެ! އެމީހާގެ ކިބައިގައި ބާރާއި އަތުގައި ފައިސާ ހުރި ނަމަ ނުވަތަ ނުފޫޒު ގަދަ ބައެއްގެ ހިމާޔަތް ލިބިފައިވާނަމަ ދުނިޔޭގައި އެމީހަކު ބޭނުން ގޮތަކަށް އުޅެވިދާނެއެވެ. ބޭނުން ކަމެއްވެސް ކުރެވިދާނެއެވެ. ނަމަވެސް ބިރުވެތިވާންވީ ފައިކައްސާލައިގެން ކައްވަޅަށް ވެއްޓޭނެ ވަގުތަށެވެ. އެވަގުތު ކޮންމެ މީހަކާއިވެސް ބައްދަލުކުރާނެއެވެ! ވީމާ އެހެން މީހުންގެ ބަދު ދުޢާއިން ތިމާގެ އާޚިރަތް ގެއްލިއްޖެ ނަމަ ދުނިޔޭގައި ގަދަބާރުން ހޯދި އުފާތައް ވެގެންދާނީ ނަރަކައިގައި އެމީހަކު އަންދާނެ ދަރަށެވެ. 

ވީމާ ދުނިޔޭގައި އުޅެން ލިބޭ މަދު ދުވަސްކޮޅު ސަމާލުކަން ދޭންވީ މީސްތަކުންގެ ލޯބި ލިބޭނެ ގޮތަށް ދުނިޔޭގައި އުޅުމަށެވެ. ފުރިހަމަ ތަޤްވާވެރިއެއްގެ ގޮތުގައި ދުނިޔޭގައި އުޅުމަށެވެ. މީސްތަކުންގެ ލޯބި ލިބޭނީ ހަމައެކަނި ބަހާ ފައިސާއަކުން ނޫނެވެ. ފައިސާ ކިތަންމެ ގިނައިން ބެހި ނަމަވެސް އެމީހެއްގެ އަޚްލާޤް ނުބައިވެއްޖެ ނަމަ މީސްތަކުންގެ ހިތުގެ ލޯބި ނުލިބޭނެކަން އެއީ ޔަޤީންކަމެކެވެ. އަދި ބަހާނެ ފައިސާ އަތުގައި ނެތް މީހާގެ ވެސް އަޚްލާޤް ރަނގަޅު ނަމަ އެމީހަކަށް މީސްތަކުންގެ ލޯބި އަބަދުވެސް ދާނީ ލިބެމުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް