އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންނާއިއެކު ދުވާލަކު އެއް ފަހަރު ކެއުމަކީ މުޅި ދުވާލުގެ މަސައްކަތުން ހޯދާ ދިހަ ހާސް ޑޮލަރަށްވުރެ މާ އަގުބޮޑު އެއްޗެއް: މުފްތީ މެންކް

ދަރިންނާއިއެކު ދުވާލަކު އެއް ފަހަރު ކެއުމަކީ މުޅި ދުވާލުގެ މަސައްކަތުން ހޯދާ ދިހަ ހާސް ޑޮލަރަށްވުރެ މާ އަގުބޮޑު އެއްޗެއް: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 23 ސިކުންތު

އެންމެ ކާމިޔާބު މަންމައަކީ އަދި ބައްޕައަކީވެސް ދަރިންނަށްޓަކައި އެންމެ ގިނަ ފައިސާ ޖަމާކުރާ މައިންބަފައިންނެއް ނޫނެވެ. އެމީހެއްގެ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް މީސްތަކުންނަށް، މުޖުތަމައުއަށް ފައިދާ ކުރާނެ ބައެއްގެ ގޮތުގައި ބޮޑުކުރާ މައިންބަފައިންނެވެ. 

ކަން މިހެން އޮތް ނަމަވެސް މައިންބަފައިން، ޚާއްޞަކޮށް ބައެއް ބައްޕައިން މިކަމަށް ވިސްނަނީ ވަރަށް ކުޑަކޮށެވެ.  މުޅި ދުވަހު ހަތަރު ދަމު ކުރަން ޖެހޭ ކަމަކީ ފައިސާ ހޯދުން ކަމަށް އޮންނަނީ ހަދައިފައެވެ. އެންމެ ކުޑަމިނުން ދުވާލަކު އެއް އިރު ހަމަޖެހިލައިގެން، ދަރިން ބޭނުންވާ ވަރަށް ވަގުތު ދީގެން މޭޒުދޮށުގައި އިނދެ ކައިލެވޭ ކަމަކަށް ނުވެއެވެ. ހަމަ ބިޒީކަން ބޮޑުކަމުންނެވެ. އަހަރެންގެ ކުރިމަތީގައި ދަރިންނާއިއެކު ދުވާލަކު އެއް ފަހަރު، ހަމަޖެހިލައިގެން އިނދެ ކެއުމަކީ މުޅި ދުވާލު ހަތަރުދަމު ބޭރުގައި މަސައްކަތް ކޮށްގެން ހޯދާ ދިހަ ހާސް ޑޮލަރަށްވުރެ މާ އަގުބޮޑު އެއްޗެކެވެ. 

ބައެއް ފަހަރު ދަރިން، އެކުދިންނަށް ކުރެވޭ ބައެއް ކަންކަމުގެ ވާހަކަ ބުނުމުން ވަގުތުން އެބަ ރުޅިއާދެވެއެވެ. އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ފުރަތަމަ ކަމަކީ ދަރިފުޅު އޭނާއަށް ކުރެވުނު ކަމުގެ ވާހަކަ އެބުނީ އެއީ އެއީ އޭނާއަށް ކުރެވުނު ގޯސްތަކެއް ކަމަށް އޭނާއަށް ޤަބޫލު ނުކުރެވޭތީއެވެ. ވީމާ ފުންމައިގެން ނުގޮސް ދަރިފުޅު ވާހަކަދައްކަން ފުރުޞަތުދޭށެވެ. ދަރިފުޅުގެ ވާހަކަ އަޑުއެހުމަށްފަހު ދަރިފުޅަށް ކުރެވުނީ ރަނގަޅު ނޫން ކަމެއް ކަމުގައިވާނަމަ ދަރިފުޅަށް އެކަން ވިސްނައިދޭށެވެ. އެގޮތަށް ކަންތައް ނުކޮށް ދަރިފުޅާއި ދިމާއަށް ފުންމައިގަންނަ ނަމަ ކުރެވޭ ކަންކަމުގެ ވާހަކަ އެކުދިން ކުރާނީ ސިއްރެވެ. އެނގޭއިރު ގިނަ ފަހަރު އޮންނާނީ ހަތަރު އުދަރެސް ފެނުގައި ޖެހިފައެވެ. 

ދަރިންގެ ކަންކަން އިޞްލާހްކުރަން ބޭނުންނަމަ އެކުދިންގެ އަޑު އަހަން ޖެހޭނެއެވެ. އެކުދިންގެ ވާހަކަތައް ކިޔައިދޭނެ ފުރުޞަތުދޭންޖެހޭނެއެވެ. ކުދިންގެ ކަންކަން އެނގޭނީ އެކުދިންނާއިއެކު ވަގުތު ހޭދަކޮށްގެންނެވެ. ތަނަވަސްކަން ހުރިނަމަ ހަފްތާއަކު އެއްދުވަހު ޕިކްނިކްދާށެވެ! އެފަދަ ކަމެއް ކުރުމުގެ ތަނަވަސްކަން ނެތް ނަމަ ޢާއިލާއެކުގައި ޕާކަކަށް ދާށެވެ. ނޫން ނަމަ މިސްކިތަށް ގޮސް ޢާއިކުގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ! 

ވަރަށް ގިނައިން ހުކުރު ދުވަސް ދުވަހު އެފަދަ މަންޒަރުތައް ފެނެއެވެ. ޢާއިލާ އެކުގައި ޢަޞްރަށް ގޮސް މިސްކިތުގައި މަޑުކޮށްލައިގެން ތިބެ މަޣްރިބް ނަމާދުކޮށްގެން އެކުގައި ގެއަށް އަންނަނަތަން ފެނެއެވެ. ތުއްތު ކުދިން ތިބިނަމަ އިރު އޮއްސުމުގެ ކުރިން ގެއަށް ދާ މަންޒަރުވެސް ފެނެއެވެ. މިހުންނަނީ މުސްލިމް ޢާއިލާތަކުން ކުރަން ޖެހޭ ކަންކަމެވެ. އެހެނީ އެކަމުގެ ސަބަބުން ދަރިންގެ ހިތުގައި މިސްކިތަށް ދާނީ ލޯބި އިތުރުވަމުންނެވެ. 

ހަމައެއާއިއެކު ދަރިއަކަށް ގޯސް ކަމެއް ކުރެވުމުން މަންމަ ނުވަތަ ބައްޕަ އެކަކު އަނެކަކަށް ކުށްވެރި ނުކުރާށެވެ! އެކަން އެހެން އެވީ ބައްޕަގެ ސަބަބުން ނުވަތަ މަންމަގެ ސަބަބުން ކަމަށް ނުބުނާށެވެ! ދަރިން ކުރާ ރަނގަޅު ކަންކަމުގެ މީރުކަން ދެމީހުން ހިއްޞާކުރާ ފަދައިން ދަރިން ކުރާ ނުރަނގަޅު ކަންކަމުގެ ހިތިކަންވެސް ހިއްސާކުރަން ޖެހޭނީ ހަމަ ދެމީހުން އެއްވަރަށެވެ. ދަރިން ތަރުބިއްޔަތުކުރުމަކީ ދެމީހުންގެ މަސްއޫލިއްޔަތެކެވެ. އެއީ އެކަކު އަނެކެއްގެ ބޮލަށް ޖެހޭނެ މަސްއޫލިއްޔަތެއް ނޫނެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް