އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަޝްމީރުގެ މުސްލިމުން އަޅުވެތިކޮށް ރޮއްވާފައި ހަނދަށް ދާން އުޅެގެން ވީގޮތުން ޢިބްރަތް ޙާޞިލުކުރޭ!

ކަޝްމީރުގެ މުސްލިމުން އަޅުވެތިކޮށް ރޮއްވާފައި ހަނދަށް ދާން އުޅެގެން ވީގޮތުން ޢިބްރަތް ޙާޞިލުކުރޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ކަޗްމީރުގެ މުސްލިމުން ރެއިން ފެށިގެން ކުރަމުން ގެންދާ ޓްވީޓުތަކުގައި ބުނެފައިވަނީ "ކަޝްމީރުގެ މުސްލިމުން އަޅުވެތިކޮށް ރޮއްވާފައި ހަނދަށް ދާން އުޅެގެން ވީގޮތުން ޢިބްރަތް ޙާޞިލުކުރުމަށެވެ." 

"ހަތިޔާރާ ބާރު ހުރީމާ ކަޝްމީރުގެ މުސްލިމުންނަށް ބޭނުން ގޮތެއް ހަދަމުންދާއިރު އެކަން މާތްﷲ ބައްލަވައިވޮޑިގެންވޭ! ޖައްސަން ތިއަ އުޅުނީ އިންޑިއާ ސަރުކާރުން ނޫނީ ބީޖޭޕީ ޕާޓީން ހެދި ހަނދަކަށް ނޫން. އެންމެހައި މަޚްލޫޤުންގެ ވެރި މާތް ﷲ އުފައްދަވާފައިވާ މަޚްލޫޤަކަށް." 

މިފަދަ އިބާރާތްތަކުން ކަޝްމީރުގެ މުސްލިމުން ގެންދަނީ އަޑު އުފުލަމުންނެވެ. އިންޑިއާއިން ހަނދަށް ފޮނުވި އުޅަނދު ތިރިކުރަން އުޅުމުން އެކަން ވަނީ ފޭލްވެފައެވެ. "ޗަންދިރަޔާން2 ފޭލްވުމުން އައިއެސްއާރުއޯގެ ޗީފް، ކޭ. ސިވަން އަޑުއަޑުނަގާ ރުއި މަންޒަރާ އޭނާއަށް ހިތްވަރުދެއްވަން ބޮޑުވަޒީރު ނަރެންދުރަ މޯދީ މަސައްކަތްކުރެވި މަންޒަރުވެސް ގިނަ ބައަކު ގެންދަނީ ޓްވީޓް ކުރަމުންނެވެ. 

ހަނދަށް ދިއުމަކީ ފަސޭހައިން ކުރެވޭ ކަމެއް ނަމަވެސް ހަނދަށް ތިރިކުރުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. ގާތްގަނޑަކަށް 50 އިންސައްތަ ވަނީ ފޭލްވެފައެވެ. އިންޑިއާ އަކީ ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ އެއް ޤައުމުކަމަށްވުމުން ހަނދަށް ޖެއްސުމަކީ އިންޑިއާއަށް ކާމިޔާބު ނުކުރެވެންވީ ކަމެއް ނޫނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް