އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރު ކޮމިޝަނާ މަޖިލީހުން ބައްދަލުކުރުން ވެސް ސިއްރު!

މަރު ކޮމިޝަނާ މަޖިލީހުން ބައްދަލުކުރުން ވެސް ސިއްރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން މިމަހުގެ 1 ވަނަ ދުވަހުގެ ރިޕޯޓުގައި ޢާންމު ކުރައްވާފައިވާ މަޢުލޫމާތުތަކާއި ގުޅިގެން އެ ކޮމިޝަންގެ ބޭފުޅުންނާ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ބައްދަލުކުރުމަށް މިއަދު  ބޭއްވި ބައްދަލުވުން ވެސް ވަނީ ސިއްރުކޮށްފައެވެ.

 

ކޮމިޓީތައް ސިއްރުކުރަނީ ހަމަ ވަރަށް މުހިންމު ވެގެން ކަމަށް ބުނެ ބައްދަލުވުންތައް ސިއްރުކުރަމުން ގެންދިއަ ނަމަވެސް ސިއްރުކުރާ ބައްދަލުވުމެއްގައި ކުރެވުނު މަޝްވަރާއަކުން ކުރި އެއްވެސް ފައިދާއެއް އަދި މިހައިތަނަށް އެނގިފައެއް ނުވެއެވެ.

 

މިއަދުގެ ބައްދަލުވުން ބޭއްވިފައިވަނީ ވެސް 2 ފަހަރަށް ވަގުތުވެސް ލަސްކޮށްފައެވެ. މަރު ކޮމިޝަނުގެ މަސައްކަތްތަކާއިމެދު ވަރަށް ގިނަ ސުވާލުތައް މިހާރުވެސް ވަނީ އުފެދިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް