އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއި ނައިބު ރައީސް މަޝްވަރާ ކުރައްވައިފި

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއި ނައިބު ރައީސް މަޝްވަރާ ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކަމާބެހޭ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޓްރާންސްޕޯޓް މިނިސްޓްރީއާއި، ކޯސްޓް ގާޑް އަދި އެމްއެންޑީއެފް ގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރަށް އެޅޭނެ ފިޔަވަޅުތަކާއި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބެލުމާއި، ކަނޑުމަތީގެ ހާދިސާއެއް ހިނގާއިރު ކަމާބެހޭ އިދާރާތަކަށް އެކަން އެނގޭނެ ނިޒާމެއް ޤާއިމްކުރުން ފަދަ ކަންކަން ހިމެނެއެވެ.

މީގެއިތުރުން، ކަނޑުމަތީގެ ރައްކާތެރިކަމާބެހޭގޮތުން މީހުން ހޭލުންތެރިކުރުވުމާއި، ކުދި އުޅަނދު ފަހަރު ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ. މިގޮތުން، ކުރިން ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް ރަނގަޅަށް ތަންފީޒުކުރެވޭތޯ ބަލައި، މިފަދަ ޤަވާޢިދުތައް ތަންފީޒުކުރުމުގައި ކައުންސިލްތަށް ބާރުވެރިކުރުވުމުގެ މުހިންމުކަން ހުރިހާ ބޭފުޅުންވެސް ފާހަގަކުރައްވާފައިވެއެވެ. އަދި، ނެޝަނަލް ސަރޗް އެންޑް ރެސްކިއު ކޮމިޓީ މެދުވެރިކޮށް މިކަންކަމަށް ޙައްލު ހޯދުމާއި ބެހޭގޮތުންވެސް މަޝްވަރާކުރެއްވިފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު