އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން އަދި ދެ ދުވަސްވާނެ: ފެނަކަ

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން އަދި ދެ ދުވަސްވާނެ: ފެނަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

އައްޑޫގެ ކަރަންޓު މައްސަލަ މުޅިން ހައްލުކުރަން އަދި ދެދުވަސްވަރު ހޭދަވާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. 

އާދިއްތަ ދުވަހު ހަވީރުން ފެށިގެން އައްޑޫސިޓީގެ ގުޅިފައިވާ ރައްތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. ފެނަކައިގެ ޑިސްްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރުމަށް ފެނަކައިގެ ދެއިންޖީނިއަރަކު ދަނީ ހަރަކާތްތެރި ވަމުންނެވެ. 

ފެނަކަ އައްޑޫ ގޮފިން ވިދާޅުވީ މިހާރު ދިމާވެފައިވާ މައްސަލަ ދެނެގަނެވި އެކަން ޙައްލުކުރުމަަށް މަސައްކަތް ކުރަމުންދާކަމަށާ، ބައެއް ގަޑިތަކުގައި އަދިވެސް ކަރަންޓު ހިނގައިދާނެކަމަށް ބަލައި، މަސައްކަތް ކުރަމުންދާ ވަގުތުތަކުގައި ކަރަންޓު ކެނޑިދާނެ ސަރަހައްދުތައް ދުރާލައި އެނގޭނެފަދަ ޝެޑިއުލެއް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ. އަދި މިމައްސަލަ ހައްލުކުރުމަށް ދެދުވަސް ނަގާނެކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ. 

ކަރަންޓުގެ މައްސަލައިގައި އައްޑުއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ސިޓީ ކައުންސިލުންވެސް ވަނީ ފެނަކައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އައްޑޫ ސިޓީގެ މޭޔަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިމައްސަލައަށް ދާއިމީ ހައްލެއް ހޯދައި ނުދެވުނުކަމަށެވެ. 

ހިތަދޫ މެދު ދައިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް ފެނަކައިން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށެވެ. 

މިކަމާއި ގުޅިގެން އައްޑޫގެ ވަރަށް ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް