އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންބެލުމަކީ ހަމައެކަނި މައިމީހާގެ ޒިންމާއެއް ނޫން، ބައްޕައިންވެސް އެޒިންމާ އަދާކުރަން ޖެހޭނެ: މުފްތީ މެންކް

ދަރިންބެލުމަކީ ހަމައެކަނި މައިމީހާގެ ޒިންމާއެއް ނޫން، ބައްޕައިންވެސް އެޒިންމާ އަދާކުރަން ޖެހޭނެ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

މިޒަމާނުގައި އުޅޭ ގިނަ ފިރިހެނުންނަށް ހީވެފައިވަނީ، ދަރިން ބެލުމަކީ ހަމައެކަނި މައިމީހާގެ ޒިންމާއެއް ކަމަށެވެ. ފިރިހެން މީހާއަށް ދަރިންގެ މައްޗަށް އޮތް ހަމައެކަނި ވާޖިބަކީ އާމްދަނީ ހޯދަން މަސައްކަތްކޮށް ޚަރަދުތައް ބެލެެހެއްޓުމެވެ. އެއަށްފަހު އެމީހުން އުޅެން ބޭނުންވަނީ އެމީހުންގެ އަމިއްލަ ކަންކަމުގައެވެ. ދަރިންގެ އެހެން ހުރިހާ ކަމެއްހެން ކުރަން ޖެހޭނީ އެކުދިންގެ މައިންނަށް ކަމަށެވެ. ނަމަވެސް މިއީ ކުށްހީއެކެވެ.

ދުނިޔޭގެ މައްޝޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް، އެމަނިކުފާނުގެ ދަރުހެއްގައި ވިދާޅުވީ ދަރިން ބެލުމަކީ ހަމައެކަނި މައިމީހާގެ ޒިންމާއެއް ނޫން ކަމަށާއި ބައްޕައިންވެސް އެޒިންމާ އެންމެ ފުރިހަމައަށް އަދާކުރަން ޖެހޭނެ ކަމަށެވެ. 

"ދެމަފިރިން ދަރިން ހޯދަން ގަސްދުކޮށް، ދަރިން ލިބި ބެލެނިވެރިންނަށް ވުމުން ވަރަށް ގިނަ ކަންކަން އެދަރިންނަށްޓަކައި ޤުރުބާން ކުރަންޖެހޭނެއެވެ. އަދި އެކަކު އަނެކަކަށްޓަކައި ވެސް ޤުރުބާނީތަކެއް ވާން ޖެހޭނެއެވެ. ދަރިންބެލުމުގައި އަނބިމީހާއަށް ފިރިމީހާ ވެސް އެހީތެރިވެދީ އަތްގާތް ކޮށްދޭން ވާނެއެވެ.

ނައިޖީރިއާއަށް އަހަރެން ކުރި ދަތުރެއްގައި ދިމާވި ބައެއް އަޚުން ގާތު އަހަރެން އެހިން، އެމީހުންގެ ދަރިންގެ ނެޕީ އެއްވެސް އިރަކު ބަދަލު ކުރިންތޯ. އެމީހުން ވަރަށް ހައިރާންވެފަ ޖަވާބުދިން ޖަވާބު ދިން 'ނެޕީ؟؟ އެއީ އަނބިމީހާ ކުރަންޖެހޭ ކަމެއް'! ވިސްނާލާފަ އަހަރެން އަނެއްކާ އެހެން ސުވާލެއް ވެސް އަހާލީމެވެ.

'ދަރިފުޅު ބަލިވެގެން ހޮޑުލެވުނީމަ އެސާފުކުރަން އަނބިމީހާއަށް އެހީވެދެންތޯ އާއި ދަރިފުޅަށް އެއްވެސް އިރަކު އޭނަ ކާއެތިކޮޅެއް ލެވިންތޯ' މިސުވާލު އަޑުއަހާފަ އޭގެ ތެރެއިން ބައެއް މީހުން އެއްޗެއް ނުބުނެ އިސްޖަހާލިއިރު، މަދު ބަޔަކު ބުނީ 'ދަރިންނަށް ކާންބޯން ދިނުމާއި ގައިން ޠާހިރު ކުރުމަކީ އެކުދިންގެ މައިންގެ ކަމެއް' ކަމަށާއި ވަޒީފާގައި އުޅެ އާމްދަނީ ހޯދަން މަސައްކަތް ކުރުމަކީ ބުރަކަމެއް ކަމުން، ގެއަށް ގޮސް އެވަގުތުގައި އެމީހުން ބޭނުންވަނީ އަރާމު ކުރަން ކަމަށެވެ.

މިއީ ވަރަށް ވެސް ހިތާމަ ހުރި ކަމެކެވެ. ތިމާ ވަޒީފާއަށް ގޮސް ދާ އޮހޮރުވައިގެން މަސައްކަތް ކުރާ ފަދައިން ތިމާމެންގެ އަނބިންވެސް ގޭގައި ދަރިން ބެލުމަށާއި އެހެނިހެން ކަންކަމުގައި އުޅެނީ ނުހަނު ބުރަކޮށްކަން އެނގެންވާނެއެވެ. ގެއަށް ދިޔުމަށްފަހު ކުޑަކޮށް އަރާމުކޮށްލި ކަމުގައިވިޔަސް، ދަރިންބެލުމުގައި އެހީތެރިވެދިނުމުން އެއީ ހަމަ ދެމަފިރިންނަށް ވެސް ލުއިވާނެއެވެ. ދަރިންނަށް ބޭނުންވާނީ ފައިސާ އެކަންޏެއް ނޫނެވެ. ލޯތްބާއި އަޅާލުން ވެސް ބޭނުންވާނެއެވެ. އަދި މައިންބަފައިންގެ ވަގުތު ވެސް ބޭނުންވާނެއެވެ.

އަހަރުމެންގެ މާތް ނަބިއްޔާ (ޞޢޥ) ވެސް އުއްމުލް މުއުމިނީން ޙަދީޖާ (ރަޟިއަﷲ އަންހާ) އާއި ކައިވެނި ބައްލަވައިގެން ބޭކަލުން ލިބިވަޑައިގެންނެވިއިރު، އެތުއްޕުޅު ބޭފުޅުން ބެއްލެވުމުގައި އެކަމަނާއަށް އެހީތެރިވެދެއްވި ކަމަށް އިސްލާމީ ތާރީޚުން ހާމަވެގެންވެއެވެ."

 

މަސްދަރު: މުފްތީ މެންކްގެ ދަރުހަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ