އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނިކުރުން އެންމެ ރަނގަޅީ މިސްކިތުގަ!- ސުންނަތުގަ އޮތީ އެ ގޮތް!: މުފްތީ މެންކް

ކައިވެނިކުރުން އެންމެ ރަނގަޅީ މިސްކިތުގަ!- ސުންނަތުގަ އޮތީ އެ ގޮތް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ކައިވެންޏަކީ ދެމީހެއްގެ ޙަޔާތުގެ އެންމެ މުހިންމު ބިންގަލެވެ. ކައިވެނިކުރަން އަމުރު ކުރެއްވެވީ ﷲ ތަޢާލާއެވެ. ކައިވެނި ކުރުމުގައި ހަޔާތުގެ ބައިވެރިޔާ އިޚްތިޔާރުކުރާނެ ގޮތުގެ ތަފްޞީލްތައް ދަސްކޮށް ދެއްވެވީ ރަސޫލް (ޞޢވ)އެވެ. ކައިވެންޏަށްފަހު ދިރިއުޅުން އާރާސްތުކުރަން ކުރަން ޖެހޭ ކަންކަން ދަސްކޮށް ދެއްވެވީ ވެސް ރަސޫލް (ޞޢވ) އެވެ.

ކައިވެނީގައި ކިޔާ ޚުޠުބާއަކީ ތަޤްވާވެރިވުމަށް ބާރު އަޅައި ﷲ ތަޢާލާގެ މަގުގައި ޙަޔާތްވޭތިކުރުމަށް އަންގާ އެންގުންތަކެކެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރި ވުމަށް އަންގާ އެންގުންތަކެކެވެ.

މިހެން ގޮސް ބަލައިފިނަމަ ކައިވެނީގެ ހުރިހާ ކަންކަން ގޮސް ގުޅެނީ ﷲ ތަޢާލާ އާއިއެވެ. އެހެންކަމަށްވާއިރު ކައިވެނިކުރަން އެންމެ ރަނގަޅު ތަނަކީ މިސްކިތެވެ. ރަސޫލް (ޞޢވ)ގެ ސުންނަތުގައިވެސް އެކަން އޮތީ އެގޮތަށެވެ. އެހެނީ އެއީ ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅެވެ. ﷲ ތަޢާލާގެ ގެކޮޅުގައި ﷲ ތަޢާލާގެ ނަންފުޅުގައި ކުރާ ކަމެއް ﷲ ތަޢާލާ އެންގެވި ގޮތުގައި ދަމަހައްޓައި ނެގެހެއްޓުމަކީ ކިހައިވަރެއްގެ މުހިންމު ކަމެއްކަން ހިތަށް ވަނުން ބޮޑުވާނެތީއެވެ!

ކައިވެނީގެ ހަޔާތުގައި މައްސަލައެއް ކުރިމަތިވެ ރުޅި އަންނަން ޖެހޭ ވަގުތުގައިވެސް ތިމާ ކައިވެނިކުރީ ﷲ ތަޢާލާގެ ގެކޮޅުގައިކަން ހިތަށް ވަނުމަކީ ބިރުވެތިކަން އިހްޞާޞް ކުރެވޭ ކަމެކެވެ. މިސްކިތުގައި ކައިވެނިކޮށްގެން ތިބޭ މީހުންނަށް އެކަން އިޙްޞާޞް ކުރެވޭނެއެވެ.

އިސްލާމް ދީނުގައި ކައިވެނި ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކަމެކެވެ. ޙަޔާތުގައި ކުރެވޭ އެންމެ ބޮޑު ކަންތަކެވެ. ވީމާ ކައިވެންޏެއް ﷲ ތަޢާލާގެ ގެކޮޅުގައި ކުރެވިއްޖެ ނަމަ އެކަމުގެ ދަރަޖަ މަތިވެރިވެގެންދެއެވެ. އެކަމަކީ ވަރަށް ޚާއްޞަ ކަމަކަށްވެސް ވެގެންދެއެވެ. ކައިވެންޏަކީ ވަރަށް ބޮޑު ވަރަށް ބޮޑު ޒިންމާއެކެވެ. ކައިވެންނަކީ ވަރަށް ބޮޑު ޤްރުބާނީއެކެވެ. އެކަން އިޙްޞާޞް ކުރެވޭނީ ތިމާމެން ކުރާ ކަންކަން ﷲ ތަޢާލާ 7 އުޑުމަތިން ބައްލަވައި ވޮޑިގަންނަވާކަން ޤަބޫލުކުރެވޭ ނަމައެވެ.

ކައިވެނީގެ ޚުޠުބާ ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ މިކަންކަން ހަނދާން ކުރުމަށް ދެއްވަވާ ނަޞޭޙަތެއްގެ ގޮތުގައެވެ. ކުރައްވަވާ ވަޞިއްޔަތެއްގެ ގޮތުގައެވެ. ކައިވެނި ނުކޮށް ނުތިބުމަށް ހިތްވަރު ދެއްވެވުމުގެ ގޮތުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް