އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާ ރައީސް ބައްދަލުކުރައްވައިފި

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާ ރައީސް ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި އަތޮޅުގެ ތަރައްޤީގެ އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އަލިފުށީ ޞިއްޙީ މަރުކަޒުގައި މިއަދު ހަވީރު ބޭއްވެވި މިބައްދަލުވުމުގައި އަތޮޅު ކައުންސިލަރުން ވަނީ ރ. އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށްރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އަތޮޅުގައި ޕީޖީ އޮފީހެއް ނެތުމުން ދިމާވާ ދަތިތަކާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމާއި، ކައުންސިލް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެކިމަސައްކަތްތަކަށް ދޫކޮށްފައި ހުރި ރަށްރަށާބެހޭ މަޢުލޫމާތުގެ ފުށުއެރުންތަކެއް ހުރުމުން ދިމާވާ ދަތިތަކާއި އަތޮޅުގެ އެކި ރަށްރަށުގައި ހިނގާ ބޮޑެތި ބައެއް މަޝްރޫޢުތަކާ ބެހޭގޮތުން އަތޮޅު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުން ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންނާއި ޙިއްޞާކުރެއްވިއެވެ. މީގެއިތުރުން ކައުންސިލުން ހުށަހެޅުއްވި އިތުރުކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
100%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް