އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއީ ރާއްޖޭގަ އިސްލާމް ދީނާ އެއްގޮތަށް ހެދުންލައްވަން މަޖިލީހަށް ލިބޭ ރަނުގެ ފުރުޞަތެއް!

މިއީ ރާއްޖޭގަ އިސްލާމް ދީނާ އެއްގޮތަށް ހެދުންލައްވަން މަޖިލީހަށް ލިބޭ ރަނުގެ ފުރުޞަތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

މަޖިލީހަށް މިހާރު ފޮނުވައިގެން އުޅޭ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ތެރެއިން މަޖިލީހުން ކޮށްދޭންވީ ކަމަކީ މަގުތަކުގަ އާއި ޢާންމު ތަންތަނުގައި އުޅޭއިރު އިސްލާމް ދީނުގައި ބަޔާންވެގެންވާ މިންވަރަށް ނިވައިކޮށްގެން ނޫނީ ނުއުޅެވޭނެ ގޮތަށް ޤައުމީ ޑްރެސް ކޯޑް ފާސްކޮށްދިނުމެވެ. މިއީ އެކަން ކުރުމަށް މަޖިލީހަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. 

މަޖިލީހުގެ 87 މެންބަރުންވެސް ހިމެނޭ ގޮތަށް ކޮންމެ މީހަކީ ވެސް މަރުވާނެ މީހެކެވެ. މަރުވުމުން ސުވާލުކުރެވޭނެ މީހެކެވެ. އެމީހަކާއި ހަވާލުކުރެއްވެވި މަސްއޫލިއްޔަތު އަދާކުރި ގޮތަކާއިމެދުގައެވެ. 

ރާއްޖޭގެ މަގުތަކުން ފެންނަމުން ދާ މަންޒަރުތަކުން ބައެއް ދިވެހިންނަކީ އެއްވެސް ވަރަކަށް ކީރިތި ޤްރުއާނުގެ އާޔަތްތައް ބަލައިގަންނަ މީހުންކަމެއް ނުއެނގެއެވެ. ބައެއް ދިވެހި ކަނބަލުން ހެދުން ލައި އުޅޭ ގޮތަށްވުރެ މާރަނގަޅަށް ބައެއް ފަތުރުވެރިންވެސް ހެދުން އަޅައެވެ. 

މިކަންކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނެ ބައަކީ މަޖިލިސް މެންބަރުންނެވެ. މިފަދަ ކަންކަން އިޞްލާޙް ކުރުމަށް ޤާނޫނުތައް ހެދުމުގެ ހުރިހާ ބާރުތަކެއް ޤާނޫނު އަސާސީ އިން ދީފައިވަނީ މަޖިލިސް މެންބަރުންނަށެވެ. ސިޔާސީ ގޮތުން މަޖިލީހަށް ތަފާތު ޤަރާރުތައް ވައްދައިގެން ރައްޔިތުންނަށް އިއްވަން ބޭނުންވާ އަޑުތައް މަޖިލީހުގެ ތެރެއިން އިއްވަމުންގެންދާއިރު މިފަދަ އެއްވެސް ކަމަކަށް ޤަރާރެއް ހުށަހަޅައި ބަހުސްކުރި އަޑު މި ދައުރުގައިވެސް އިވިފައެއް ނުވެއެވެ. 

ކޮންމެ ގޮތަކަށް މަޖިލީހުން މިއަދު ކަންކަން ކުރި ނަމަވެސް ޤިޔާމަތް ދުވަހު ތިމާ ހުރި ދެފިޔަވަޅުމަތިން ފައި އުފުރައިލެވޭނީ ވެސް ﷲ ތައާލާއަށް ޖަވާބުދާރީވުމަށްފަހުގައި ކަމަށްވާއިރު މިކަންކަމަށް ވިސްނައި ލިބިފައިވާ ފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގަ ހިފުމަށް ގިނަ ބައަކު ގެންދަނީ މަޖލިސް މެންބަރުންނަށް ގޮވާލަމުންނެވެ.   

"މިހާރު ތިއަ  ކުރަން އުޅޭ ކަންކަމަކީ ރައްޔިތުންނަށް ފައިދދާ ހޯދައިދޭން ކުރަން އުޅޭ ކަންކަން ކަމުގައި ކަމުގައި ވާނަމަ ޤަމުގައި ހުރި މިފަދަ މައްސަލަތައް އަވަހަށް އިޞްލާޙްކޮށްލަ ދެއްވާ! މިއީ މިކަން ކޮށްލަން މަޖިލީހަށް ލިބިގެންދާ އެންމެ ފަހު ފުރުޞަތު ކަމަށްވުން ކައިރި؟" ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު