އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނުމާމެދު މައުމޫން ހަމީދުގެ ކަންބޮޑުވުންތަކެއް!

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނުމާމެދު މައުމޫން ހަމީދުގެ ކަންބޮޑުވުންތަކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދޭން ހުށަހަޅާފައިވާ ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހު ގެންނަ ބިލަށް ބާ ކައުންސިލުގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އިސް ޤާނޫނީ ވަކީލު މައުމޫން ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން މައުމޫން ހަމީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާލުވެފައިވަނީ ރައީސް ޞާލިޙު އެކުލަވާލެއްވި މަރު ކޮމިޝަނުން ފުލުހުން ހެކި އުފައްދަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށާއި އަދި ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކަށް އަނިޔާ ކުރިތަން ވީޑިއޯ ކުރި މީހުންނަށް ބިރުދައްކާ އެހެކި ނައްތާލަން ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެކަން އެގޮތަށް އޮއްވާ، ފުލުހުންނަށް އިތުރު ބާރުތަކެއްދީ، ކޮންޓްރޯލް ކޮށްގެން ފުލުހުންނަށް ދީފައިވާ ބާރުތައް ދުއްވާލުމަށްފަހު އެބާރުތައް ފުލުހުންނަށް ދެނީ ކީއްވެގެންތޯ ވެސް މައުމޫން ހަމީދުގެ ޓްވީޓުގައި ސުވާލު ކުރައްވާފައިވެއެވެ.

ނޯތު ކޮރެއާ ފިޔަވާ، އެންމެ ހަރުކަށި ޓެރަރިޒަމްގެ ގާނޫނެއް އޮތީ ރާއްޖޭގައިކަން ވެސް ބާ ކައުންސިލްގެ ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

މައުމޫން ހަމީދު ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ގާނޫނުގެ ދަށުން، ފުލުހުން މީހަކަށް އަނިޔާކުރި ވީޑިއޯ ނެގި މީހުން ވަގުތުން ބަންދު ކުރުމަށްފަހު ގާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭ ގޮތަށް ހެދިދާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ކުރެވުނު ކަމެއް ކުރާށޭ ބުނަން ކެރޭނީ ކިތައް މީހުންނަށްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައި ވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ