އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ މުޖުތަމަޢެއްގައި ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރު ލިބޭ ކަމަށް ބެލެވޭ ހުރިހާ ކަމެއް ޤާނޫނުން މަނާކުރައްވާ!: ޑރ. ޝަހީމް

އިސްލާމީ މުޖުތަމަޢެއްގައި ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރު ލިބޭ ކަމަށް ބެލެވޭ ހުރިހާ ކަމެއް ޤާނޫނުން މަނާކުރައްވާ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

"ޓެރަރިޒަމްގެ ޤާނޫނަކީ ހަމަ އެކަނި އިސްލާމް ދީނާ ގުޅުންހުރި ހަރަކާތްތަކުގެ ފަޅިއަށް ބުރަވެފައިވާ އެއްޗަކަށް ވެއްޖެނަމަ އެއީ އިސްލާމްދީނާ ގުޅުވެނީ އެވެ." ޑރ. ޝަހީމް

އިސްލާމީ މުޖުތަމަޢެއްގައި ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރު ލިބޭ ކަންކަމުގެ ގޮތުގައި ބެލެވިފައިވާ އެންމެހައި ކަންކަން ޓެރަރިޒަމް މަނާކުރާ ޤާނޫނުގައި މަނާކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު، އޯއައިސީގެ ސެކެޓްރީ ޖެނެރަލްގެ ސްޕެޝަލް އެޑްވައިޒަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.  

ޑރ. ޝަހީމް ވިދާޅުވީ:

އިސްލާމްދީނަށް ޖޯކު ޖެހުމާއި ނަބިއްޔާއަށް މަލާމާތް ކުރުމާއި ނަބިއްޔާގެ ކާޓޫނު ކުރެހުމާއި ނަބިއްޔާގެ އަނބި އަނބިކަނބަލުންނަށް ޖޯކު ޖެހުމާއި ޤުރުއާނާއި ސުންނަތާ މެދު އިސްލާމީ މުޖުތަމަޢުތަކުގައި ޝައްކު އުފެއްދުމާއި އަޞްޙާބު ބޭކަލުންގެ އަގު ވައްޓާލުމާއި އެންމެހާ ރަސޫލުބޭކަލުންނާއި އެބޭކަލުންނަށް ބާވާލެއްވުނު ފޮތްތަކާ މެދު ޝައްކު އުފެއްދުމާއި ޤިޔާމަތް ދުވަހަށް އިންކާރު ކުރުމާއި އެދުވަހާމެދު ޝައްކު އުފެއްދުމަކީ ވެސް އިސްލާމީ މުޖުތަމަޢެއްގައި ޓެރަރިޒަމްގެ ޢަމަލުތަކަށް ހިއްވަރު ލިބޭ ކަންކަމުގެ ގޮތުގައި ބެލެވިފައިވާ ކަންކަމެވެ. 

މިކަންކަން ވެސް ޤާނޫނީ ގޮތުން މަނާ ކުރެވެންޖެހޭނެ އެވެ. ޓެރަރިޒަމްގެ ޤާނޫނަކީ ހަމަ އެކަނި އިސްލާމް ދީނާ ގުޅުންހުރި ހަރަކާތްތަކުގެ ފަޅިއަށް ބުރަވެފައިވާ އެއްޗަކަށް ވެއްޖެނަމަ އެއީ އިސްލާމްދީނާ ގުޅުވެނީ އެވެ. ޓެރަރިޒަމްގެ ޤާނޫނު ވާންޖެހޭނީ އިންޞާފުވެރި ޤާނޫނަކަށެވެ. އެއީ ވަކި ބައަކު ދެކެ އަދާވާތްތެރިވެގެން ފޯރި އަރައިގެން ކުރަންޖެހޭ ކަމެއްނޫނެވެ. މިއީ ދިވެހި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތަކާއި ޤައުމީ ސަލާމަތާ ގުޅުންހުރި ކަމެކެވެ.

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް