އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޯއައިސީގެ ބައްދަލުވުމަކީ ޖަމަލު ފޮޑިއަކަށް ވެއްޖެ ނަމަ މަސްޖިދުލްއަޤްޞާ ސަލާމަތެއް ނުކުރެވޭނެ!

އޯއައިސީގެ ބައްދަލުވުމަކީ ޖަމަލު ފޮޑިއަކަށް ވެއްޖެ ނަމަ މަސްޖިދުލްއަޤްޞާ ސަލާމަތެއް ނުކުރެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

ފަލަސްޠީނުގެ އިތުރު ބިންތަކުގެ މައްޗަށް އިޒްރޭލުން ވެރިވެގަންނަން އުޅޭ މައްސަލައިގައި މިމަހުގެ 15 ވަނަ ދުވަހު ސައުދި ޢަރަބިޔާގެ ޖިއްދާގައި އޯއައިސީގެ ޚާއްޞަ ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ބޮޑުވަޒީރު، ނަތަޔާންހޫ އިތުރު ދައުރަކަށް ހޮވައިފިނަމަ އުރުދުންކޯރުގެ އައްސޭރިއާއި އެނޫންވެސް ފަލަސްޠީނުގެ ސަރަހައްދުތަކަކީ އިޒްރޭލުގެ ބިން ކަމުގައި ހަދާނެ ކަމަށް ނަތަޔާންހޫ ބުނެފައިވާ ބުނުމުގެ މައްސަލައަކީ އެ ބައްދަލުވުމުގެ އެންމެ މުހިންމު އެޖެންޑާއެވެ. 

އަޅުގަނޑުގެ އުމުރުގެ އެންމެ ހަގު ދުވަސްވަރުން ފެށިގެން އެންމެ ގިނައިން އިވޭ އަޑަކީ އިޒްރޭލުން މިވެނި އެވެނި އަނިޔާތަކެއް ފަލަސްޠީނުގެ ރައްޔިތުންނަށް ކޮށްފިކަމާއި ފަލަސްޠީނުގެ މިވެނި އެވެނި ބިންތަކެއް އިޒްރޭލުން ހިފައިފިކަމަށާއި އެކަންކަން ޢަރަބި ޤައުމުތަކުން ކުށްވެރިކޮށްފި ކަމުގެ ވާހަކައެވެ. އެއިރަކު ޓީވީއެއް ނުހުރެއެވެ. ޚަބަރު އަޑު އިވެނީ ހެނދުނު 7 ޖަހާއިރު ރޭޑިއޯ އިންނެވެ. މިދެންނެވި ޒާތުގެ ޚަބަރެއްގެ އަޑު ނުއިވޭ ދުވަހެއް ހަމަ ވަރަށް މަދުކަމުގައި ދެންނެވިދާނެއެވެ. 

މިއަދާއި ހަމައަށް އައިއިރުވެސް މިދެންނެވި ޒާތުގެ ޚަބަރުތަކުގެ އަޑުތައް މިދަނީ އިވެމުންނެވެ. އިޒްރޭލުގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް ޢަރަބި ޤައުމުތަކުން ކުރާކަމުގެ އަޑެއް ނުއިވެއެވެ. 

ނުސީދާ ގޮތުގައި ސައުދިޢަރަބިޔާގެ އެހީތެރިކަން އިޒްރޭލަށް ލިބުން އިތުރުވީފަހުން ރާގު ވަނީ މުޅިން ބަދަލުވެފައެވެ. އިޒްރޭލަށް ހުރިހާ ހިތްވަރަކާއި ބާރެއް ދެނީ އެމެރިކާއިންނެވެ. މުސްލިމް ޤައުމުތަކަށްވުރެ ގިނަ އެހީ ސައުދިއަރަބިޔާއިން ދެނީ އެމެރިކާއަށެވެ. އެ ފައިސާ އެނބުރި ވަންނަނީ އިޒްރޭލަށެވެ. 

ސައުދިޢަރަބިޔާއިން ފަހަކަށް އައިސް އެންމެ ބޮޑަށް ގުޅުން ބަދަހިކޮށްފައިވަނީ އިންޑިއާ އާއިއެވެ. އިންޑިއާގެ މިނިވަން ދުވަހު އެންމެ ގިނައިން ހާމަވެގެން ދިއައީ އިންޑިއާ އާއި އިޒްރޭލާއި ދެ ޤައުމުގެ ބޮޑުވަޒީރތުންގެ ގާތް ގުޅުން ދައްކައިދޭ ވީޑިއޯތަކާއި ފޮޓޯތަކެވެ.

ކަންކަނަ މިހެން ހުރުމުން އާދީއްތަ ދުވަހު ޖިއްދާގައި ބާއްވާ އޯއައިސީ ސަމިޓުގައި އިޒްރޭލު ކުށްވެރިކުރުން ނޫން ކަމެއް ކުރެވޭތޯ ބަލަން ތިބެމާތޯއެވެ! މާޒީއަށް ބެލުމުން ބޮޑަށް ޤަބޫލުކުރެވެނީ ޖިއްދާ ސަމިޓުގައި ހަމަ ކުރިން ފާސްކުރާ ފަދަ އިޒްރޭލް ކުށްވެރިކުރުމުގެ ޤަރާރެއް ފާސްކުރުމުން އިޒްރޭލް އެކަމާ ބިރުން ހުން އަންނަން ޖެހުން ނޫން އިތުރު ހަމަ އެއްވެސް ކަމެއް ނުވާނެކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް