އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްދުފަހަނައަޅައި ގޮސްފައިވާ މީހުން ކާބަފައިން ޙުއްޖަތަކަށް ހަދަން ފެށީ އަލަކަށް ނޫނެވެ! ޑރ. އިޔާޟް

ހައްދުފަހަނައަޅައި ގޮސްފައިވާ މީހުން ކާބަފައިން ޙުއްޖަތަކަށް ހަދަން ފެށީ އަލަކަށް ނޫނެވެ! ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ހައްދުފަހަނައަޅައި ގޮސްފައިވާ މީހުން ކާބަފައިން ޙުއްޖަތަކަށް ހަދަން ފެށީ އަލަކަށް ނޫނެވެ.

"އަދި ހަމައެފަދައިން އެރަށެއްގައި ތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުން ހަމަކަށަވަރުން، ތިމަންމެންގެ ކާބަފައިން ދީނެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއޭ އަދި ހަމަކަށަވަރުން، އެއުރެންގެ أثر ތަކުގެ މަތީގައި ތިމަންމެން ތަބަޢަވެގެން ހިނގަމުއޭ ނުބުނާ އެއްވެސް ރަށަކަށް އިންޒާރު ކުރެއްވުމަށް ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ އެއްވެސް ރަސޫލަކު ނުފޮނުއްވަމެވެ." (އަލްޒުޚްރޫފް: 23)

"އަޅުގަނޑުމެން އީމާން ވާން ޖެހެނީ ކާބަފައިން އުޅުނު ގޮތަކަށް ނޫނެވެ. އަޅުގަނޑުމެން ބަލަން ޖެހޭނީ ޤުރްއާނާއި ސުންނަތެވެ. ދެދުނިޔޭގެ ކާމިޔާބު އޮތީ އެގޮތުގައެވެ.

"އެބޭކަލަކު ވިދާޅުވިއެވެ. ތިއަބައިމީހުންގެ ކާބަފައިން އެ ދީނެއްގެ މަތީގައި ވަނިކޮށް ތިއަބައިމީހުން ދުށް ދީނަށްވުރެ ޙައްޤުކަންބޮޑު ދީނަކާއިގެން ތިއަބައިމީހުންގެ ގާތަށް، ތިމަންކަލޭގެފާނު ވަޑައިގަތްކަމުގައިވިޔަސް ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެ ދީނަކާއިގެން ތިއަބޭކަލުން ފޮނުއްވެވި ދީނަށް ތިމަންމެންވަނީ ކާފިރު ވެގެންނެވެ." (އައްޒުޚްރޫފް: 24)

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން، ﷲ އަށް ތަޤްވާ ވެރިވާނަމަ، ތިއަބައިމީހުންނަށް ޙައްޤް އާއި، ބާޠިލް ވަކިކުރާނެ މަގު، އެކަލާނގެ ދައްކަވާނެތެވެ. އަދި ތިއަބައިމީހުންގެ ކިބައިން ކުށްފާފަތައް ފިއްލަވާނެތެވެ. އަދި ތިއަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. ﷲ އީ، ބޮޑުވެގެންވާ ފަޟްލްވަންތަކަމުގެ ވެރިރަސްކަލާނގެއެވެ." (އަލްއަންފާލް 29)

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް