އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންނަށް ދޮގު ހެދުނީތީ ކަންބޮޑުވާން ޖެހޭ މައިން ބަފައިން ގިނަ - ޚިޔާލަކީ ކޮބައިތޯ؟

ދަރިންނަށް ދޮގު ހެދުނީތީ ކަންބޮޑުވާން ޖެހޭ މައިން ބަފައިން ގިނަ - ޚިޔާލަކީ ކޮބައިތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ބައަކު މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރި ދިރާސާއެއްގައި ގިނަ އަދަދެއްގެ މައިން ބަފައިން އެމީހުންގެ ދަރިންނަށް ދޮގު ހަދާކަން ހާމަވުމުން ވަރަށް ބޮޑު ކަންބޮޑުވުމެއް އުފެދިއްޖެއެވެ. 

އަންހެނަކު ބުނީ އޭނާގެ ދަރިފުޅަށް ބަލިވެ އިންދާ ފިރިމީހާ އޭނާ ދޫކޮށް ދިއުމުން ދަރިފުޅު ގާތުގައި ބައްޕަ މަރުވެއްޖެ ކަމަށް ބުނެ ދޮގު ހަދާފައިވާނެ ކަމަށެވެ. 

ބަނގުރާ ބޭނުންކުރާ ބައްޕައެއްގެ ޢައިބު ފޮރުވައިދޭން ދަރިން ގާތު ބައްޕަ އެއުޅެނީ ނުބައި އެއްޗެއް ކެވިގެން ކަމަށް ބުނާ ކަމަށެވެ. 

ދަރިން ކާހިތްވާތަކެތި ކަމުން ސުޕް ބޮނީކަމަށް ދަރިން ގާތު ބުނާ ކަމަށް ވެސް މީހަކު ބުނެފައިވެއެވެ. 

ވަރިކުރުމަށްފަހު ދަރިން ދެކެން ޢާންމުކޮށް އަންނަ ދުވަހު ގެއަށް ނައުމުން ބައްޕަ މާ މަސައްކަތް ބުރަވީ ކަމަށް ބުނެ ބުނެ ދޮގު ހަދާކަމަށް ވެސް ބުނެފައިވެއެވެ.

ދިރާސާ އާއި ގުޅިގެން ބައެއް މައިން ބަފައިން ބުނެފައިވަނީ އެމީހުން ދަރިންނަށް ދޮގުހަދާކަން އެނގުމުން ދެން ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން އެ ދޮގު ނުހެދުނުނަމަ މާ ފައިދާކުރާނެ ކަމަށް ޤަބޫލުކުރެވި ފަހުން ހިތާމަކުރަން ޖެހިފައިވާ ކަމަށެވެ.

 

ކިޔުންތެރިންގެ ޚިޔާލަކީ ކޮބައިތޯއެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް