އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެދުން އަޅަން ޖެހޭނީ ރަސޫލާ (ޞޢވ) އެންގެވި ގޮތަށް! - އެއީ ރައީސް ނަޝީދު އަންގާ ގޮތަށް ކުރަން ޖެހޭ ކަމެއް ނޫން!: ޑރ. އިޔާޟް

ހެދުން އަޅަން ޖެހޭނީ ރަސޫލާ (ޞޢވ) އެންގެވި ގޮތަށް! - އެއީ ރައީސް ނަޝީދު އަންގާ ގޮތަށް ކުރަން ޖެހޭ ކަމެއް ނޫން!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 10 ސިކުންތު

"މުސްލިމުން ހެދުން އަޅަން ޖެހޭނީ ރަސޫލާ (ޞޢވ) އެންގެވި ގޮތަށެވެ. އެއީ ރައީސް ނަޝީދު އަންގާ ގޮތަށް ކުރަން ޖެހޭ ކަމެއް ނޫނެވެ!"

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވީ ދިވެހިން ކުރިން ހެދުން އަޅައި އުޅުނު ގޮތް ފާއިތުވި 20، 30 ވަރަކަށް އަހަރު ތެރޭގައި ބަދަލުކޮށްފިނަމަ ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފައުޅުކުރެއްވުމުންނެވެ.  

ރައީސް ނަޝީދު ފާހަގަ ކުރެއްވި އެއް ކަމަކީ ފިރިހެނުންގެ ބޮލުގައި ފޮތިގަނޑެއް އެއްސުމެވެ. މާޒީއަށް ބަލައިފިނަމަ ދިވެހިން ބޮލުގައި ފޮށާ އެޅިއެވެ. ތަފާތުވީ އަޅާ ގޮތާއި ބޭނުންކުރާ ފޭރާމެވެ.  

މާމަ ކޮންމެ ދުވަހަކު ބުރުގާ ނުއަޅުއްވާ ކަމާއި މަންމަ ބުރުގާ އަޅުއްވަނީ މާމަ އެޅުއްވި ގޮތަށް ނޫންކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ 

އިރެއްގައި ބޮލުފޮތިކޮޅަށް ބުރުގާ ކިޔައި އުޅުނު ނަމަވެސް މިހާރު ބުރުގާ ކިޔަނީ ތަފާތު މާނައެއްގައެވެ. އަޅަނީވެސް ތަފާތު ބޭނުމެއްގައެވެ. މިހާރު ބުރުގާ އަޅަނީ އަންހެނުންގެ މޭމައްޗާއި އިސްތަށިގަނޑާއި ބުރަކަށީގެ މަތި، ކަނދުރާ ފޮރުވުމަށެވެ. އެއީ ކީރިތި ޤްރުއާނުގައި އެކަން ބަޔާން ކުރައްވަވާފައިވާ ގޮތެވެ.  

"އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ އަޢުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާވާށެވެ! (އެއީ) ތިއަަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ." (އައްނޫރު: 31) 

ކީރިތި ޤުރްއާނުގައި މިހައި ސާފުކޮށް ބަޔާންކުރައްވަވާފައިވާ ކަމަކަށް ބައެއް ދުވަސް ދުވަހު ޢަމަލުކޮށްގެން ފުއްދައިލަން ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުން ބެލެވެނީ ކީރިތޔި ޤުރްއާނަށް ގޮންޖެހުން ކަމަށް ބުނެ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް