އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެލާ އާއި ހެނބަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ކެލާ އާއި ހެނބަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ހއ. ކެލާ އާއި ނ. ހެނބަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެންޓީސީސީ) އިން ބުނެފައިވަނީ 14.7 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވާ ކެލާ ބަނދަރު ހެދުމުގެޝްރޫއުގެ ދަށުން 16264 ސީބީއެމްގެ ބިން ހިއްކައި 30.50 މީޓަރު ޗެނަލް ބްރޭކް ވޯޓާލުމާއި އަދި 220 ގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ ކަމަށާއި އަދި 1445 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓު ހަދާނެ ކަމަށެވެ.

މި މަސައްކަތަކީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެންޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއު ގެ ދަށުން ހެނބަދޫގައި 44616.12 ސީބީއެމްގެ ބިން ހިއްކުމާއި 223 މީޓަރުގެ ބްރޭކް ވޯޓާލުމާއި 86 މީޓަރުގެ ރިވެޓްމެންޓެއް ޖަހައި 1015 މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ޖަހަދާނެ އެވެ. 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަަސައްކަތް ހަވާލުކޮށްފައިވަނީ 26.6 މިލިއަނަ ރުފިޔާ އަށެވެ.

އެމްޓީސީސީން ބުނެފައިވަނީ މިމަޝްރޫއު ފަށާފައި ވަނީ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓު ހެދުމަށް ފަހުގައި ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް