އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅަންވީ ވަކި ހެދުމެއް ނޫން – ކުރަން ޖެހޭ ކަމަކީ އަޢުރަ ނިވާކުރުން!: ޙުސައިން ރަޝީދު

އަޅަންވީ ވަކި ހެދުމެއް ނޫން – ކުރަން ޖެހޭ ކަމަކީ އަޢުރަ ނިވާކުރުން!: ޙުސައިން ރަޝީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

މުސްލިމުންނަކީ ވަކި ބާވަތެއްގެ ހެދުމެއް އަޅަން ޖެހޭ ބައެއް ނޫން ކަމަށާއި މުސްލިމުންނަށް އޮތީ އަޢުރަ ނިވާކުރުން ކަމަށް އަލްއުސްތާޛް ޙުސައިން ރަޝީދު އަހްމަދު ވިދާޅުވެއްޖެއެވެ.  

ޙުސައިން ރަޝީދު ކުރެއްވި ޓްވީޓަކާއި ގުޅިގެން މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޙުސައިން ރަޝީދު ވިދާޅުވީ އިސްލާމީ ޤައުމުތަކުގައި ޘަޤާފީ ތަފާތުކަން އޮތުމުން ކޮންމެ ޤައުމެއްގައިވެސް ހެދުން އަޅަނީ ވަރަށް ތަފާތު ގޮތަކަށް ކަމަށެވެ. ކޮންމެ ބައަކުވެސް ހެދުން އަޅަނީ އެބައެއްގެ ޘަޤާފަތާއި ގުޅުވައިގެން ކަމަށެވެ. އެހެންކަމުން ހެދުން އަޅާ ގޮތަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.  

"ބައެއް ޤައުމުތަކުން ރަސޫލް (ޞޢވ) އަށް ވެދުމަށް އެރުވި ހެދުންކޮޅު ވެސް ތުރުކުރެއްވެވި. އިޓަލީން ވެދުމަށް އެރުވި ހެދުންކޮޅެއްގެ އަތް ނުއުފެއްލެވިގެން ހެދުންކޮޅު ކުރިމަތި ފުޅަށް ބާލުއްވައިގެންވެސް ދެއަތްޕުޅުގައި ފެންފޮދު ލެއްވެވި. އަމިއްލަފުޅަށް އެއްފަހަރު ބޭނުންފުޅު ކުރައްވަވާފަ ވެސް ޞަޙާބީންނަށް ހަދިޔާ ވެސް ކުރެއްވެވި. ވީމާ ރަސޫލް (ޞޢވ) ވަނީ ހުރިހާ ޘަޤާފަތެއްގެ ހެދުންކޮޅުތައް ތުރުކުރައްވަވާފަ. އެހެންކަމުން މިވެނި ހެދުމަކީ އިސްލާމް ދިނުގެ

ހެދުމެކޭ ނުބުނެވޭނެ. ޢައުރަ ނިވާކުރެވޭ ކޮންމެ ހެދުމަކީ އިސްލާމް ދީނުގެ ހެދުމެއް."  

ޙުސައިން ރަޝީދު ވިދާޅުވީ އަޢުރަ ނިވާ ކުރުމުގެ ޙުކުމް ބާވައިލެއްވެވި ހިސާބުން ފެށިގެން ކޮންމެ ޘަޤާފަތެއްގެ ހެދުމެއް ލީ ކަމުގައިވީނަމަވެސް މުސްލިމުން އަޢުރަ ނިވާކުރަން ޖެހޭނެ ކަމަށެވެ. އައުރަ ނިވާކުރެވޭ ގޮތަށް ކޮންމެ ހެދުމެއް ލުމަކުންވެސް މައްސަލައެއް ނެތް ކަމަށެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް