އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިވަރަކާއެކު ކޮޓަރިއެއްގައި ހުއްޓާ ހައްޔަރުކުރި ބިދޭސީ ޓީޗަރު ދޫކޮށްލައިފި!

ދަރިވަރަކާއެކު ކޮޓަރިއެއްގައި ހުއްޓާ ހައްޔަރުކުރި ބިދޭސީ ޓީޗަރު ދޫކޮށްލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

އަންހެން ދަރިވަރަކާއެކު ކޮޓަރިއެއްގައި ހުއްޓާ ހައްޔަރުކުރި ބިދޭސީ ޓީޗަރު ދޫކޮށްލައިފިއެވެ.

އުމުރުން 18 އަހަރު ނުވާ އަންހެން ދަރިވަރު ގޮވައިގެން ކޮޓަރީގައި ހުއްޓާ ހައްޔަރުކުރި ބިދޭސީ ޓީޗަރު ދޫކޮށްލީ އޭނާގެ ބަޔާން ނެގުމަށްފަހުއެވެ.

އެނގިފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ ދެކުނުގެ ރަށެއްގައި އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

އޭނާ ދަރިވަރު ގޮވައިގެން ކޮޓަރިއަށް ވަތްކަން ފުލުހުންނަށް ރިޕޯތު ކޮށްފައިވަނީ، އެޓީޗަރު ދިރިއުޅުނު ގެއަށް ދަރިވަރު ގޮވައިގެން ވަންނަނިކޮށް ފެނުނު، އެމީހުންނަށް ފާރަލީ ބައެކެވެ.

ބިދޭސީ ޓީޗަރު ބުނި ގޮތުގައި ދަރިވަރު އެގެއަށް ދިޔައީ އޭނާގެ ކައިރިން ޓިއުޝަން ނަގާށެވެ. އދި އެކުއްޖާ އެގެއަށް ދިޔައީ ކުއްޖާގެ ބެލެނިވެރިންނަށް ވެސް އެނގިގެން ކަމަށާއި، ތުހުމަތު ކުރާފަދަ އެއްވެސް ކަމެއް ދަރިވަރާއެކު ނުހިންގާކަމަށް ވެސް އެޓީޗަރު ބުނެފައިވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ