އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމީހެއްގެ ބެލުމުގެ ދަށުގައި ތިބޭ ބަލި މީހުންލައްވައި ނަމާދުކުރުވުމަކީ ކޮންމެހެން ކުރަން ޖެހޭނެ، އަދި އެންމެ ފައިދާހުރި ކަންތައް!

އެމީހެއްގެ ބެލުމުގެ ދަށުގައި ތިބޭ ބަލި މީހުންލައްވައި ނަމާދުކުރުވުމަކީ ކޮންމެހެން ކުރަން ޖެހޭނެ، އަދި އެންމެ ފައިދާހުރި ކަންތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ކަދުރު އޮށެއް ފަރިއްކުޅުއްވައިގެން ހުންނެވި ދުވަސްތަކުގައިވެސް ފަރިއްކުޅުއްވާނެ އެވަރުވެސް ނެތިގެން ރޯދައަށް ހުންނެވި ދުވަސްތަކުގައިވެސް ބިލާލްގެފާނަށް ޙަދީޘްފުޅު ކުރައްވަމުން ގެންދެވީ "އޭ ބިލާލް އެވެ. ހިތުގެ ހިތްހަމަ ޖެހުމަށްޓަކައި އަވަހަށް ބަންގި ގޮވާށެވެ!" ކޮންމެ ނަމާދު ވަގުތެއް ޖެހުމުން ޙަދީޘްފުޅު ކުރައްވަވަމުން ގެންދެވީ ހަމަ މިމޭރުމުންނެވެ. 

ހަނގުރާމައިގެ މައިދާންތަކުގައިވެސް މެއެވެ. އަދި އެނޫންވެސް ދަތި އުނދަގޫ ބިރުވެރި ޙާލަތްތަކުގައިވެސް މެއެވެ. ކުރުކޮށް ބުނާނަމަ ކޮންމެ ޙާލަތެއްގައި ނަމަވެސްމެއެވެ. ސުވާލަކީ މިއަދު އަހަރެމެންގެ ޙާލަކީ ކޮބައި ހެއްޔެވެ؟ ނަމާދު ވަގުތު ޖެހުނުކަން އަމިއްލަ އަށް ނުއެނގުނުތަނުގައި ބަންގީގެ އަޑު އިވުމުން އިޖާބް ދެވޭ ހެއްޔެވެ؟ 

މީސްތަކުންނޭވެ! މިހެދެނީ ވަރަށް ބޮޑު ގޯހެކެވެ. ވަކި ކަމެއް ނޫނެވެ. ޙަޔާތުގެ އެއްވެސް ކަމެއް ރަނގަޅުކުރަން އެދޭނަމަ ނަމާދަށް ރައްކައުތެރިވާށެވެ. ކޮންމެ ހާލެއްގައި ނަމަވެސް ފަރޫޟު 5 ނަމާދަށް ރައްކައުތެރިވާށެވެ! 

މިއީ ވެސް ވިސްނައިލަން މުހިންމު ކަމެވެ. ތިމާގެ ބެލުމުގެދަށުގައި މީހަކު ހޮސްޕިޓަލަކަށް އެޑްމިޓްކޮށްފައި އޮވެދާނެއެވެ. އެމީހާއަށް ދޭން ޖެހޭ ބޭހާއި ކާނާ ބަރާބަރަށް ގެންގޮސްދެއެވެ. ކައިތޯވެސް ބަލައެވެ. ނަމަވެސް އޭނާ އަށް ނަމާދުކުރަން އެހީތެރިވެ ދެވޭ ހެއްޔެވެ؟ ވަގުތު ޖެހުމުން ވުޟޫ ކޮށްދެވޭ ހެއްޔެވެ؟ 

މިއީ މިއަދު ވަރަށް ގިނަ ބައަކު އިހްމާލުވަމުންދާ ކަމެކެވެ. ބަލިމީހާއަށް އެންމެ މުހިންމީ ބޭހެއް ނޫނެވެ. ބޭހަށްވުރެ ނަމާދުކުރުން މާމުހިންމެވެ. އެއީކޮންމެހެން އެބަލީގައި އޭނާ މަރުވެދާނެ ކަމަށްޓަކައި އެއް ނޫނެވެ. ފުރަތަމައަށް އެއީ ކޮންމެހެން އަދާކުރަން ޖެހޭ އެންމެ މުހިންމު ފަރުޟެލެވެ. ދެވަނައަށް ޝިފާ ދެއްވެވުން އެދި ދުޢާ ކުރަން ބޭނުން ނަމަވެސް ނަމާދުތައް ފުރިހަމއަށް ކުރަން އެބަ ޖެހެއެވެ. ވީމާ އަބަދުވެސް  1 ވަނަގައި ނަމާދުކުރުން ބައިންދާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް