އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންސާނުންނަށް އަޅުކަން ކުރާހައި ދުވަހަކު ފިތުނަ ވަކިކުރާކަށް ނޭނގޭނެ! - ފިތުނަ ވަކިކުރެވޭނީ ބުނި މީހާއަށް ނުބަލައި ދެއްކި ވާހަކައަށް ބެލީމަ!

އިންސާނުންނަށް އަޅުކަން ކުރާހައި ދުވަހަކު ފިތުނަ ވަކިކުރާކަށް ނޭނގޭނެ! - ފިތުނަ ވަކިކުރެވޭނީ ބުނި މީހާއަށް ނުބަލައި ދެއްކި ވާހަކައަށް ބެލީމަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

އިންސާނުންނަސް މައްސަލަތައް ކުރިމަތިވެ ފިތުނަވެރިކަން ޢާންމުވެގެން މިއުޅެނީ އިންސާނުން، އިންސާނުންނަށް އަޅުކަން ކުރާތީއެވެ. ކަލާނގެވަންތަކަމަށް އެމީހަކު ޤަބޫލުކުރާ މީހާ ކޮންމެ ފަދަ ވާހަކައެއް ދެއްކި ނަމަވެސް އެއީ ހަޤީޤަތާއި ތެދު ކަމަށް ޤަބޫލުކުރެވޭތީއެވެ.  

އެކަން ބަދަލުކުރެވޭނެ އޮތީ އެންމެ ގޮތެކެވެ. ކޮންމެ މީހަކު ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ދެއްކި މީހާއަށް ނުބަލާށެވެ! ދެއްކި ވާހަކައަށް ބަލާށެވެ.  

ޢާންމު ރައްޔިތުންނާއި މުޚާޠަބްކޮށް ވާހަކަ ދައްކާއިރު ބަނޑުގައި އެއް މާނަ ބާއްވައިގެން ވާހަކަ ދެއްކުމަކީ ވަރަށް ނުރައްކައުތެރި ކަމެކެވެ. ހަޤީޤަތުގައި އެންމެ ގިނައިން ފިތުނަ އުފެދެނީ އެފަދަ ވާހަކަތަކުގެ ސަބަބުންނެވެ. "ނޫން! އަޅުގަނޑު ބުނީ އެހެނެއް ނޫން.. އަޅުގަނޑު ދެންނެވީ..މިސާލަކަށް"  ކޮން މިސާލަކަށްތޯއެވެ؟ ވިދާޅުވި އެތި ވަނީ އަޑު އިވިފައެވެ. އިތުރު ތަފްޞީލު ދެއްވާނީ މިހާރަކު ނޫނެވެ. އެއިރު އެވެ. ވިދާޅުވި އިރުއެވެ. 

މިއީ ސިޔާސީ ބޭފުޅުން ވަރަށް ވިސްނަން ޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް ރައްޔިތުންގެ އެތައް ހާސް ބައެއްގެ ލޯބި ހޯއްދަވައިގެން ތިއްބެވި ބޭފުޅުންނެވެ. ދިވެހި ބަހުން ދައްކަވާ ވާހަކަ އިތުރަށް މާނަކުރަން ނުޖައްސުވާށެވެ! އެއިރުން މުޖުތަމައުގައި އުފެދެނީ އިތުރު ފިތުނަވެރިކަމެވެ. 

އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް ގިނަ ބައަކު ބަލަނީ ދެއްކި ވާހަކަ އަކަށް ނޫނެވެ. ދެއްކި މީހާއަށެވެ. އިސްރާ އާއި މިޢްރާޖެގެ ވާހަކަ މީހަކު ގޮސް ދެންނެވުމުން އަބޫބަކުރުގެފާނު ވިދާޅުވީ "ރަސޫލާ (ޞޢވ) ތިއަހެން އެބަ ވިދާޅުވޭ ހެއްޔެވެ؟ ވިދާޅުވާނަމަ ތިއަ ވާނީ ހަމަ 100% ތެދަށެވެ. ތިމަން ކަލާގެފާނު ތިއަ ކަންކަން ޤަބޫލުފުޅު ކުރައްވައިފީމުއެވެ. 

މައްސަލައަކީ ރަސޫލް (ޞޢވ) އަށް އަބޫބަކުރުގެފާނު ދެއްވެވި މަތިވެރި ދަރަޖަ މިއަދު ވެސް ބައެއް މީހުންނަށް ދެވިގެން އުޅޭ ކަމެވެ. އެމީހާ ތާއީދުކުރާ މީހާ ކިތަންމެ ބޮޑެތި ދޮގުތައް ހެދި ނަމަވެސް އެއީ ތެދުކަމުގައި ޤަބޫލުކޮށް އަދި އެއީ ތެދުކަން މީސްތަކުންނަށް ބަޔާންކޮށްދޭން އުޅޭ ކަމެވެ. ދެއްކި ވާހަކައިގެ މާނަވެސް އެފަހަރަކު ބޭނުންވާ ގޮތަކަށް ބަދަލުކުރަން މަސައްކަތްކުރާ ކަމެވެ. 

ފިތުނަ އުފެދޭނީ ބުނާ މީހާގެ ސަބަބަކުން ނޫނެވެ. ބުނާ ބަހުގެ ސަބަބުންނެވެ. މި ޙަޤީޤަތް ޤަބޫލުކުރަމާތޯއެވެ! އެއްވެސް މީހަކު ބުނާ ކޮންމެ ވާހަކައަކީ ތެދުކަމަށް ޤަބޫލުކުރުމެއް ނެތެވެ. ކިތަންމެ ރަނގަޅު މީހަކު ނަމަވެސް ނުބައި ވާހަކަ އެބަ ދައްކައެވެ. ބޮޑެތި ދޮގުތައް އެބަ ހަދައެވެ. އިންކާރު ނުކުރެވޭނީ ހަމައެކަނި ކީރިތި ޤްރްއާނަށާއި ރަސޫލް (ޞޢވ)ގެ ސުންނަތަށެވެ. ޞަޙީޙް ޙަދީޘްފުޅުތަކަށެވެ. 

ފިތުނައިން ސަލާމަތްވާނީ މިއުޞޫލުން ކަންކަން ކުރެވިގެންނެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް