އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސޫލާ (ޞޢވ) ގެ ސުންނަތުން ފައިދާކުރާނީ ﷲ ހަނދުމަކުރާ މީހުންނަށް!: ޤުރްއާން

ރަސޫލާ (ޞޢވ) ގެ ސުންނަތުން ފައިދާކުރާނީ ﷲ ހަނދުމަކުރާ މީހުންނަށް!: ޤުރްއާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 14 ސިކުންތު

ރަސޫލް (ޞޢވ) ގެ ސުންނަތާއި ޙަދީޘްފުޅުތަކުން ފައިދާ ޙާޞިލު ނުކުރެވޭ ބައަކު އުޅެއެވެ. އެމީހުންނަށް ޤަބޫލުކުރެވޭ ގޮތުގައި ސުންނަތުން ވެސް އަދި ޙަދީޘްފުޅުތަކުންވެސް އެމީހުންނަށް ފައިދާ ކުރާނެ ކަންކަމެއް ނުފެނެއެވެ. އެފަދަ ބައެއް މީހުން ރަސޫލް (ޞޢވ) ގެ ސުންނަތާއިމެދު މީސްތަކުންގެ ހިތުގައި ޝައްކުތައް އުފައްދުވަން މަސައްކަތް ވެސް ކުރެއެވެ.  

އެފަދަ މީހުން، އެމީހުންނަކީ މުސްލިމުން ކަމުގައިވާނަމަ ވިސްނައިލަންވީ އަހްޒާބު ސޫރަތުގެ 21 ވަނަ އާޔަތަށެވެ. އެ އާޔަތުގައި ﷲ ތަޢާލާ ވަނީ "ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިއަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް" ވާކަމުގެ ޔަޤީންކަން ދެއްވަވައިފައެވެ. ހަމަ އެއާއިއެކު އެކަން ބަލައިގަނެވޭނީ ކޮން ބައަކަށް ކަންވެސް ވަނީ ވަޙީ ކުރައްވަވައިފައެވެ. "(އެއީ) ﷲގެ ދަރުމައާއި، އާޚިރަތުގެ ގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ."

"ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިއަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲގެ ދަރުމައާއި، އާޚިރަތުގެ ގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ." (އަލް އަހްޒާބް: 21) 

މިއާޔަތުން ޔަޤީންވެގެން މިދަނީ ހުރިހާ ކަމެއްގައި ވެސް ނަމޫނާއަކަށް ބަލައިގަންނަން ޖެހޭނީ ރަސޫލް (ޞޢވ) ކަމެވެ. އެކަން ކުރެވޭނީ ﷲގެ ދަރުމައާއި، އާޚިރަތުގެ ގެ ޘަވާބަށް އެދޭ މީހަކަށެވެ. އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ. ހަމައެއާއިއެކު ގިނަގިނައިން ﷲ ތަޢާލާ ހަނދުމަ ކުރެވޭނީ ﷲގެ ދަރުމައާއި، އާޚިރަތުގެ ގެ ޘަވާބަށް އެދޭ މީހަކަށެވެ. 

ވީމާ ކޮންމެ މުސްލިމަކު ވެސް މިކަންކަމަށް އިސްކަން ދޭން ޖެހޭނެއެވެ. ރަސޫލް (ޞޢވ)ގެ ސުންނަތާއި ދުރަށް ޖައްސުވަން މަސައްކަތް އެކުރަނީ މުސްލިމުންގެ ޢަދާވާތްތެރިކަމުގައި ބަލައިގަންނަން ޖެހޭނެއެވެ.  

މިއާޔަތަށްވެސް ވިސްނައިލާށެވެ! " ހަމަކަށަވަރުން، މުއުމިނުންގެ މައްޗަށް ا ދަރުމަވަންތަވެ ވޮޑިގެންފިއެވެ. (އެއީ) އެއުރެންގެ ތެރެއަށް، ހަމަ އެއުރެންގެ ތެރެއިން ރަސުލަކު ފޮނުއްވި ހިނދުގައެވެ. އެކަލާނގެ އާޔަތް ތައް އެއުރެންނަށް ކިޔަވައިދެއްވަވާ އަދި، އެއުރެން ޠޯހިރުކުރައްވަވާ، އަދި ފޮތާއޙިކްމަތް، އެއުރެންނަށް އުނގަންނައިދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އޭގެކުރިން އެއުރެންވީ، ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ." (އާލްއިމްރާން 164) 

ވީއިރު ތިއައީ ސުނަތެކޭ ބުނެ ސުންނަތަށް ފަރުވާ ކުޑަކުރެވޭނީ ކިހިނަކުންހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް