އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯތްބަކީ ހަމައެކަނި ދެމީހުން އުފާލިބިގަންނަން ބޭނުންވާ ވަގުތުތަކުގަ ވާން އޮތް އެއްޗެއް ނޫން!: ޑރ. ނިސްރީން

ލޯތްބަކީ ހަމައެކަނި ދެމީހުން އުފާލިބިގަންނަން ބޭނުންވާ ވަގުތުތަކުގަ ވާން އޮތް އެއްޗެއް ނޫން!: ޑރ. ނިސްރީން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު

ލޯތްބަކީ ހަމައެކަނި ދެމީހުން އުފާލިބިގަންނަން ބޭނުންވާ ވަގުތުތަކުގައި ވާން އޮތް އެއްޗެއް ކަމަށް ނުހަދާށެވެ! ލޯބީގެ އަގު އެއަށްވުރެ މާބޮޑެވެ. އަބަދުވެސް ބުނާ ފަދައިން ކޮންމެ މީހަކު ވެސް އަނެކަކު ދެކެ ލޯބިވާންވީ ﷲ ތަޢާލާއަށްޓަކައެވެ. 

ދެމަފިރިންގެ މެދުގައިވެސް އަދި ރަހްމަތްތެރިންގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. ޚިޔާލު ތަފާތުވާ ވަގުތުތައްވެސް އަންނާނެއެވެ. ނަމަވެސް ކޮންމެ ޚިޔާލުތަފާތުވުމަކީ ރުޅިއެއް ކަމަށް ނުހަދާށެވެ! ރުޅިވެރިކަމަކަށް ބަދަލުކޮށް ނުލާށެވެ! 

ދެމަފިރިންނަމަ އަނެކާގެ ކިބައިން އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވާނީ ބަލިވާ ވަގުތުތަކުގައެވެ. ބަލިވެއުޅެން ޖެހުމުންނެވެ. ނުވަތަ ކަންބޮޑުވާން ޖެހޭ ކޮންމެވެސް ކަމެއް މެދުވެރިވުމުންނެވެ. ޙަޤީޤީ ލޯބިވުމަކީ އެފަދަ ވަގުތުތަކުގައި ފޫހިކަން ދެއްކުމުގެ ބަދަލުގައި ވީހައި ބޮޑަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ހިތްވަރު ދިނުމެވެ. ލޯތްބާއި އަޅައިލުން އިތުރުކުރުމެވެ. 

މިހައިތަނަށް ކުރެވިފައިވާ ދިރާސާތަކުން އެނގެނީ ބަދަހިކަމާއިއެކު އެންމެ ބާރަށް ކުރިއަރައިގެންދާ ލޯތްބަކީ މި ބަޔާންކުރި ފަދަ ޙާލަތުތަކުގައި އެކަކު އަނެކަކަށް އެހީތެރިވެދީ، ހިތްވަރުދީ ހަދާ މީހުންގެ ލޯބިކަމެވެ. 

ހަމަ އެއާއިއެކު ރަހްމަތްތެރިންވެސް ވިސްނާށެވެ! ގަަދވެ ހުންނައިރު ކޮފީ މޭޒުތައް ކައރިން ދުރަސް ދެވޭ ކަމަކަށް ނުވެއެވެ. ނަމަވެސް ބަލިވެއްޖެ ނަމަ ޙާލުވެސް ބަލައިލެވޭ ކަމަކަށް ނުވެއެވެ. އެއީ ކޮން ރަޙްމަތްތެރިކަމެއް ހެއްޔެވެ؟ ރަހްމަތްތެރިޔާ ދެކެ އެވެވެނީ ކޮން ލޯތްބެއް ހެއްޔެވެ؟ ޙަޤީޤީ ރަޙްމަތްތެރިންނަކީ ބަލިވީމައި ވެސް ޙާލު ބަލައި އެހީތެރިކަމަސް ނުއެދުނު ނަމަވެސް އަމިއްލައަށް އިސް ނަގައިގެންވެސް އެހީތެރިކަން ފޯރުކޮށްދޭ މީހާއެވެ. 

އަހަރެންގެ ކްލިނިކަށް އަންނަ ބަލި މީހުންނާއިއެކު އެމީހުންގެ ރަޙްމަތްތެރިން އަންނަނީ ވަރަށް މަދުންނެވެ. ވަރަށް ބޮޑަށް ބަލިވެގެން ވެސް އެކަނި އަންނަ މީހުން މަދެއް ނޫނެވެ. ނަމަވެސް އެމީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި އެމީހުންގެ ރަހްމަތްތެރިން ވަރަށް ގިނައެވެ. ރަހްމަތްތެރިކަމުގެ ބޭނުމަކީ ކޮބައިކަމާއިމެދު ސުވާލު އުފެދެނީ މިހެންވެގެންނެވެ. 

ހަމަ އެއާއިއެކު އެއްކަމެއް ފާހަގަކޮށްލާނަމެވެ. ބަލިމީހާ ގޮވައިގެން ރަޙްމަތްތެރިން އަންނަ ނިޞްބަތަށް ބަލައިފިނަމަ ގިނައީ އަންހެނުންނެވެ. މިއާދަ ފިރިހެނުން ދަސްކުރަން އެބަޖެހެއެވެ. ރަހްމަތްތެރިޔާއަކީ އަންހެނަކަށްވުމުން ތިމާ ދިއުމަށް ހުރަސް ހުރިނަމަ ތިމާގެ އަނބިމީހާ ނުފޮނުވަނީ ކީއްވެގެން ހެއްޔެވެ؟ އިޚްލާޞްތެރި ރަޙްމަތްތެރިކަމަކީ އެއީ ނޫންހެއްޔެވެ؟

 

- ޑރ. ނިސްރީން ޢަބްދުﷲގެ ލިޔުމަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް