އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރަށް ޚާއްޞަ ދަރުސެއް!: ޖައްވުގައި އުދުހުނު ނަމަވެސް މާތްކަމެއް ލިބިގެންވާ މީހުންނަކީ އިސްލާމީ ޝަރީޢާ ޤަބޫލުކުރާ މީހުން!

ވަރަށް ޚާއްޞަ ދަރުސެއް!: ޖައްވުގައި އުދުހުނު ނަމަވެސް މާތްކަމެއް ލިބިގެންވާ މީހުންނަކީ އިސްލާމީ ޝަރީޢާ ޤަބޫލުކުރާ މީހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ޝައިޚް އަހްމަދު އައްރިފާޢީ ވިދާޅުވެފައިވެއެވެ. "މީހަކު ފިޔަޖަހައި ޖައްވުގައި އުދުހޭތަން ފެނުނު ނަމަވެސް، ކަނޑުގެ ލޮނުގަނޑުމަތީގައި ހިނގާތަން ފެނުނު ނަމަވެސް އޭނާއަކީ އެއްވެސް މަތިވެރިކަމެއް ލިބިފައިވާ މީހަކު ކަމަށް ބަލަން ޖެހޭނީ އެމީހާ، ﷲ ތައާލާ ޙަރާމް ކުރެއްވެވި ކަންތައްތަކާއި އަދި ކުރަން އަމުރުފުޅު ކުރައްވަވާފައިވާ ކަންތައްތަކާއިމެދު ޢަމަލުކުރާ ގޮތް ރަނގަޅަށް ބެލުމަށް ފަހުގައެވެ. 

މި ބަސްފުޅުގެ މާނައަކީ މީހާގެ ހުރިހާ މަތިވެރިކަމެއް ގުޅިފައިވަނީ އެމީހަކު ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާ މިންވަރެއްގެ މައްޗަށް ކަމެވެ. އެކަމުގައި ހިމެނެނީ ދެބައެކެވެ. އެއީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި އެންމެހައި ކަންކަމާއި ދުރުހެލިވުމާއި ފަރުޟު ކުރެއްވެވި ކަންކަން ފުރިހަމައަށް އަދާކުރުމެވެ. އެއަށްފަހު އޮތީ ﷲ ތަޢާލާ އާއި ކުއްތަންވުމަސް އެމީހަކު އިތުރަށް ކުރާ ކަންކަމެވެ. މާނައަކީ ސުންނަތް އަޅުކަން ކުރާ މިންވަރެވެ.  

މާނައަކީ މީހަކީ މާތް، މަތިވެރި މީހެއް ކަމަށް ބަލައި ގަންނަން ޖެހޭނެ މިންގަޑަކީ އެމީހަކު އިސްލާމީ ޝަރީޢާއަށް ޢަމަލުކުރާ މިންވަރުކަމެވެ. އިސްލާމީ ޝަރީޢާ އަށް އަމަލު ނުކުރާ މީހެއްގެ ކިބައިގައި އެއްވެސް މާތްކަމެއްވެސް އަދި މަތިވެރިކަމެއްވެސް ނެތެވެ.

މުޢްޖިޒާތްތައް ﷲ ތަޢާލާ ދެއްވަވަނީ ރަސޫލް ބޭކަލުންނަށެވެ. މާތް މުސްލިމުންނަށް ކަރާމާތްތެރިކަން ދެއްވަވަތެވެ. އަދި އާދައާއި ޚިލާފް ބައެއް ބާރުތައް ކާފަރުންނަށްވެސް ދެއްވަވަތެވެ.

އާދައާއި ޚިލާފް ބައެއް ބާރުތައް ކާފަރުންނަށް ދެއްވަވަނީ އެމީހުންގެ މާތްކަމަކުން ނޫނެވެ. އެމީހުންނާއި ކުރައްވަވާނެ ސުވާލުތައް ވަރުގަދަ ކުރެއްވެވުމަށްޓަކައެވެ. އެފަދަ ބާރުތައް ދެއްވެވުމުންވެސް އަމަލުކުރި ގޮތާއިމެދުގައެވެ. ވީމާ އާދައާއި ޚިލާފް ބާރެއް ލިބިފައިވާ ކޮންމެ މީހަކީ މާތް މީހެއް ކަމަށް ބެލުމެއް ނެތެވެ. 

ބައެއް މީހުންނަށް މީސްތަކުންގެ ތާއީދުވެސް ދެއްވަވަތެވެ. އެއީ އެމީހަކާއި ހަވާލުކުރައްވަވާ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. އެވަރުގެ ބޮޑު ނިޢްމަތެއް ދެއްވެވުމުން އެ ނިޢްމަތުގެ ބޭނުން ހިފައި މީސްތަކުން ﷲ ތަޢާލާގެ މަގަށް ގެނައުމަށް ކުރި މަސައްކަތަކާއިމެދު ކުރައްވަވާނެ ސުވާލަކީ ވަރަށް ވަރުގަދަ ސުވާލެކެވެ.  

 

- ޝައިޚް މުޙައްމަދު އަލް ޔަޢްޤޫބީގެ ދަރުސަކުން 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް