އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަންނު އެކްސްޕޯ ގައި ތަކެތި ބައިވެރި ކުރުން ހުޅުވާލާނީ އޮކްޓޯބަރުމަހު: އިކޮނޮމިކް މިނިސްޓްރީން

ފަންނު އެކްސްޕޯ ގައި ތަކެތި ބައިވެރި ކުރުން ހުޅުވާލާނީ އޮކްޓޯބަރުމަހު: އިކޮނޮމިކް މިނިސްޓްރީން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ރާއްޖޭގައި އުފެއްދުންތެރި ކަމަށް ވާދަވެރި ބާޒާރުތައް ހޯދައިދިނުމާއި ހާއްސަކޮށް ޒަމާނުއްސުރެ ރާއްޖޭގައި އުފައްދާ ތަކެތީގެ ތެރެއިން ހީނަރުވަމުންދާ އުފެއްދުންތައް ކުރިއެރުވުމަށް ބާއްވާ މައުރަޒު ''ފަންނު އެކްސްޕޯ 2019'' ގައި ތަކެތި ބައިވެރި ކުރުން ހުޅުވާލާނީ އޮކްޓޯބަރުމަހުކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލްޕްމެންޓުން ބުނެފިއެވެ.

ޖުމްލަ 77 ގިންތިއަކުން ތަކެތި ބައިވެރިކުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިޔަށް ގެންދާ މިމައުރަޒުގައި ބައިވެރި ކުރާ ތަކެތި އަދި ފޯމު، އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 31 އޮކްޓޯބަރު ވާ ބުދަ ދުވަހުގެ ހަވީރު 03:00 ގެ ނިޔަލަށް ދަރުބާރުގޭގައި ގާއިމު ކުރާ މައުރަޒު އޮފީހުން ބަލައިގަންނާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ނޮވެމްބަރު 22 އިން 28 ގެ ނިޔަލަ ކުރިއަށްގެންދާ މިމައުރަޒުން ހޮވޭ 5 ފަރާތަކަށް އެސްޑީއެފްސީ ބޭންކުން ފަސް މިލިއަން ރުފިޔާގެ ލޯނެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް