އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިން ރަށެއްގައި ކުނި އަންދާ މެޝިން ބެހެއްޓުމަށް ދެ ކުންފުންޏާ ހަވާލުކޮށްފި

ތިން ރަށެއްގައި ކުނި އަންދާ މެޝިން ބެހެއްޓުމަށް ދެ ކުންފުންޏާ ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ތިން ރަށެއްގައި ކުނި އަންދާ މެޝިން ބެހެއްޓުމަށް ތިމާވެއްޓާބެހޭ މިނިސްޓްރީން ދެ ކުންފުންޏާ ހަވާލުކޮށްފިއެވެ.

ހދ. ކުޅުއްދުއްފުއްޓާއި ފުވައްމުލައް އަދި ކ. މާފުށީގެ ކުނީގެ މައްސަލަ ހައްލު ކުރުމަށް ކުނި އަންދާ މެޝިން ބެހެއްޓުމަށް ހަވާލުކޮށްފައިވަނީ މެކްސްޓާ މޯލްޑިވްސް އާއި ކޮރަލް ލައިފް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއެވެ.

މާފުށީގައި މެޝިން ބެހެއްޓުމުގެ މަސައްކަތް ހަވާލުކުރީ 1.90 މިލިއަން ރުފިޔާއަށް ކޮރަލް ލައިފް ޕްރައިވެޓް ލިމިޓެޑްއާ އެވެ. އަނެއް ދެ ރަށުގައި މެޝިން ބެހެއްޓުމުގެ މަސައްކަތް ހަވާލު ކުރީ 4.54 މިލިއަން ރުފިޔާއަށް މެކްސްޓާ މޯލްޑިވްސް އަށެވެ.

ތިމާވެއްޓާބެހޭ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލު ކުރި އެއްބަސްވުމުގައިވާ ގޮތުން ދެ ކުންފުންޏަށް މަސައްކަތް ހަވާލުކުރީ 6.4 މިލިއަން ރުފިޔާއަށެވެ. އަދި މިމަސައްކަތް 119 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.

ތިލަފުށީގައި މިހާރު ހުރި މިމެޝިންތައް ރަށްރަށަށް ގެންގޮސް ބަހައްޓައި އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް ކުރަން ޖެހޭނީ ހަވާލުވި ކުންފުނިން އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު