އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޭގަނޑު ސިއްރުން ކުރާ ފާފަ، ހާމަކުރީމާ ލިބޭ ލައިކް ގިނަވާވަރަކަށް އެދެވެނީ ނަރަކައިގެ ތެރެއަށް ވަދެވެމުންނެވެ!: ޔާސިރު ޤާދީ

ރޭގަނޑު ސިއްރުން ކުރާ ފާފަ، ހާމަކުރީމާ ލިބޭ ލައިކް ގިނަވާވަރަކަށް އެދެވެނީ ނަރަކައިގެ ތެރެއަށް ވަދެވެމުންނެވެ!: ޔާސިރު ޤާދީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

"މުޖާހިރޫން"ގެ ފާފަ ފުއްސަވައި ނުދެއްވަވާނެ ކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. "މުޖާހީރުން" ނަކީ ކޮބައިތޯ ޞަޙާބީން ސުވާލު ކުރެއްވެވުމުން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އެއީ އެމީހުން ރޭގަނޑު ސިއްރުން ކުރާ ފާފަތައް ﷲ ތަޢާލާ ސިއްރުކުރައްވަވާފައިވަނިކޮށް ދުވާލުވުމުން ފަޚުރުވެރިކަމާއިއެކު މީސްތަކުންނަށް ފައުޅުކުރާ މީހުން ކަމަށެވެ. 

އެމީހުން އެކުރާ ކަމަކީ އެމީހުން ކުރި ފާފަ ﷲ ތަޢާލާ ފަރުދާ ކުރައްވަވާފައިވަނިކޮށް އެފާފަތައް ކުރެވުނީތީ އަމިއްލައަށް ފަޚުރުވެރިވެ، ބޮޑާވެ މީސްތަކުންނަށް ފައުޅުކުރުމެވެ. އެފަދަ މީހުންނަކީ އެއްވެސް ޙަޔާތެއް (ލަދުވެތިކަމެއް) ނެތް މީހުންނެވެ. ސިއްރުން ކުރާ ފާފަތައް އަމިއްލައަށް ސޯޝަލް މީޑިއާގައި ހާމަކުރުން މިވަނީ ޢާންމު ކަމަކަށް ހަދައިފައެވެ. ފަޚުރުވެރިކަމާއިއެކު ރައްޓެހިން ގާތު ދެއްކުން ވެސް މިވަނީ ޢާންމު ކަމަކަށް ހަދައިފައެވެ. 

އެފަދަ ފޮޓޯތަކާއި ވީޑިއޯތައް ޢާންމުކުރުމުން ލިބޭ ލައިކް ގިނަވީނަމަވެސް އެއީ އިންތިހާއަށް ބިރުހުރި ކަމެކެވެ. އެހެނީ ލައިކް ގިނަވާ ވަރަކަށް އެމީހަކަށް އެދެވެނީ ނަރަކަ އާއި ގާތްވެވެމުންނެވެ. ނަރަކައިގެ ތެރެއަށް ވަދެވެމުންނެވެ. 

މިފަދަ އަމަލުތައް ކުރާމީހުން ދަރުސް ފަށަމުން ބަޔާންކުރި ޙަދީޘްފުޅާއިމެދު ވިސްނައިވެސް ނުލައެވެ. ފަހަރެއްގައި މިކުރެވެނީ ކިހައިވަރެއްގެ ބޮޑު ފާފައެއްކަން ނުއެނގެނީ ކަމަށްވެސް ވެދާނެއެވެ. 

ފައުޅުގައި ފާފަކުރަން ނުކުރޭ މީހާއާއިމެދު މިހާރު ދެކެނީ ފިނޑި މީހެއްގެ ގޮތުގައެވެ. ޒަމާނަށް ނުފެތޭ ކަޓު މީހެއްގެ ގޮތުގައެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އިންސާނުންގެ ކިބައިގައި ހުންނަން ޖެހޭ ލަދުވެތިކަން ނެތިގެން ދިއުމަކީ ނުވަތަ ލަދު ޙަޔާތް ކެނޑުމަކީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް ކަމުގައެވެ.

މިއަދު މަގުމަތިން މިފެންނަ މަންޒަރުތަކާއި ފިލްމްތަކުން އެނގެނީ އިންސާނުންގެ ކިބައިގައި ހުންނަން ޖެހޭ ލަދު ހަޔާތް ނެތެމުންދާ ކަމެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ސިއްރުން ފާފަތައް ކުރުން ޢާންމުވެފައިވާއިރު ޢާންމުންނަށް ފެންނަގޮތަށް ދައްކައިގެން ފާފަކުރަން ޖެހިލުންވާ މީހުންވެސް މިދަނީ އިތުރުވަމުންނެވެ. އެކަމުން އެނގެނީ ޤިޔާމަތްވުން ކައިރިވެފައިވާ މިންވަރެވެ!

 

- ޔާސިރް ޤާދީގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް