އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެމްއެންޑީއެފަށް ހަތަރު ޑްރޯން ހަދިޔާކޮށްފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެމްއެންޑީއެފަށް ހަތަރު ޑްރޯން ހަދިޔާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ފަރާތުން އެމްއެންޑީއެފަށް ހަތަރު ޑްރޯން ހަދިޔާކޮށްފިއެވެ. 

އެންޑީއެމްއޭގެ ފަރާތުން މި ހަތަރު ޑްރޯން އެމްއެންޑީއެފަށް ހަދިޔާކޮށްދެއްވީ އެމްއެންޑީއެފްގެ ލީޑަރޝިޕާއެކު މިއަދު ބަންޑާރަކޮށީގައި ބޭއްވެވި ޚާއްޞަ ބައްދަލުވުމެއްގައެވެ. 

އެންޑީއެމްއޭއިން ހަދިޔާކުރެއްވި މި ޑްރޯންތަކަކީ، ހިޔުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރިލީފް (އެޗްއޭޑީއާރު) އޮޕަރޭޝަނާއި ސާރޗް އެންޑް ރެސްކިޔު (އެސްއޭއާރު) ގެ މަސައްކަތްތައް ކުރުމުގައި ދިވެހި ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ މަތިކޮށްދީ، ޑިޒާސްޓަރ ރެސްޕޮންސް އިތުރުކޮށްދިނުމުގެ ގޮތުން ހަވާލުކުރެއްވި ޑްރޯންތަކެކެވެ. 

މި ބައްދަލުވުމުގައި، އެންޑީއެމްއޭގެ ފަރާތުން ޑްރޯންތައް ހަވާލުކޮށްދެއްވީ، އެ އޮތޯރިޓީގެ ޗީފް އެކްޒެކްޓިވް، ހިސާން ޙަސަންއާއި، ޑެޕިޔުޓީ ޗީފް އެގްޒެކެޓިވް، އުމަރު މޫސާ ފިކުރީ އަދި ޑައިރެކްޓަރ ޖެނެރަލް ސަފީނާޒް އެވެ. އެމްއެންޑީއެފްގެ ފަރާތުން މި ޑްރޯންތަކާ ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް، ކާނަލް މުޙައްމަދު ސަލީމް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ކާނަލް ޢަބްދުﷲ އިބްރާހީމެވެ. 

ޑްރޯންތައް ހަދިޔާކުރުމަށް މިއަދު ބޭއްްވި ބައްދަލުވުމުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންގެ އިތުރުން، އެންޑީއެމްއޭގެ ސީނިއަރ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

 

- ޚަބަރު: އެމްއެންޑީއެފް 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް