އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވުމުގެ ވަގުތު ކުރިމަތިލާން ޖެހޭ ބިރުވެރިކަމާ ވޭނުން ފުރިފައިވާ މިކަންކަން އެނގޭ ހެއްޔެވެ؟

މަރުވުމުގެ ވަގުތު ކުރިމަތިލާން ޖެހޭ ބިރުވެރިކަމާ ވޭނުން ފުރިފައިވާ މިކަންކަން އެނގޭ ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

މަރުވުމުގެ ވަގުތުގައި އެމީހެއްގެ ވަށައިގެން ޢާއިލާ އާއި ރަހްމަތްތެރިންގެ ތެރެއިން ކިތަންމެ ގިނަ ބައަކު ތިބި ނަމަވެސް އެއިން އެއްވެސް މީހަކު ތިބިކަން އިޙްޞާޞް ކުރެވޭނީ ވެސް ހެޔޮލަފާ މީހުންނަށެވެ. އެ ނޫން މީހުންނަށް އިޙްޞާޞްވެސް ނުކުރެވޭނެއެވެ. މަރުގެ މަލާއިކަތާ އާއި މަރުގެ މަލާއިކަތާ އާއިއެކު ވަޑައިގަންނަވާ މަލާއިކަތުން ފެނުމުން ގަންނަ ބިރެއްގެ ބޮޑުކަމުންނެވެ.  

މަރުވުމުގެ ވަގުތުކޮޅެއް ކުރިން ބައެއް މީހުންގެ ބަސް ހުއްޓި އަދި ކަޅި ހުއްޓެނީވެސް އެހެންވެގެން ކަމަށް ވެދާނެއެވެ. އެވަގުތު އެތަނުގައި ތިބޭ މީހުންގެ އެހީތެރިކަމަށް އެދެން ބޭނުންވާނެއެވެ. ނަމަވެސް ވާހަކައެއް ނުދެއްކޭނެއެވެ. ގަންނަ ބިރު ބޮޑުކަމުން އަޑުގަދަކުރަންވެސް ބޭނުންވާނެއެވެ.

މަރުގެ މަލާއިކަތާ އެމީހެއްގެ ފުރާނަ އާއި މުޚާތަބް ކުރައްވަވާނީވެސް "ޝައިޠާނީ ފުރާނަ"އިގެ ނަމުންނެވެ. ވިދާޅުވާނީ "ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުމާއި ގަދަ ޢަޛާބާއި ކުރިމަތިލުމަށް އަވަހަށް ނުކުންނާށެވެ!" ނަމަވެސް ފުރާނަ ނުނުކުންނަން ގަދަ ހަދާނެއެވެ. ގަދަ ހެދިނަމަވެސް ދަންމަވައި ނެރުއްވަވާނެއެވެ. ކައިރީގައި ތިބޭ މީހުންނަށް އެކަން އިޙްޞާޞް ނުކުރެވުނު ނަމަވެސް އެމީހާއަށް އިޙްޞާޞް ކުރެވޭނީ ދަގަނޑު ބުޅިގަނޑުތަކެއް ހަށިގަނޑުތެރެއިން ދަމައި ނެރެވޭފަދަ ގޮތަކަށެވެ. އެވަގުތު އެމީހާއަށް އިޙްޞާޞް ކުރެވޭނެ ތަދު އެއީ ބަޔާންކޮށްދެވޭނެ ކަމެއް ނޫނެވެ. 

މީސްތަކުންނޭވެ! މިކަންކަމަށް ބިރުވެތިވާނަމަ އަމަލުތައް އިޞްލާޙްކުރާށެވެ! އަވަހަށް ތައުބާވާށެވެ! މިއީ ހަމައެކަނި މަރުވުމުގެ ވަގުތެވެ! ކައްވަޅުގެ ޢަޛާބާއި ނަރައިގެ ޢަޛާބާއި ކުރިމަތިލާން ޖެހިއްޖެ ނަމަ ޙާލަކީ ކޮބައި ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް