އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިދޭސީން ގެނެވޭނީ ޤައުމަކުން ދޮޅުލައްކަ! - އަހަރު ދުވަސް ތެރޭ މައްސަލައަށް ހައްލެއް ހޯދާނަން: ރައީސް ޞާލިޙް

ބިދޭސީން ގެނެވޭނީ ޤައުމަކުން ދޮޅުލައްކަ! - އަހަރު ދުވަސް ތެރޭ މައްސަލައަށް ހައްލެއް ހޯދާނަން: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ރާއްޖޭގައި މަސައްކަތްކުރާނެ ބިދޭސީން ގެނެއުމުގައި ދެން ގެނެވޭނީ ޤައުމަކުން ދޮޅު ލައްކަ މީހުން ކަމަށާއި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަތައް ކުރިއަށް އޮތް އަހަރެއްހައި ދުވަސް ތެރޭގައި ހައްލުކުރައްވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

ރައީސް އިބްރާހީމް މުޙައްމަދު މިއަދު ވިދާޅުވީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މިހާރުވެސް 60000 މީހުން އެބަތިބި ކަމަށާއި ވޯކްޕާމިޓް ނަގައިގެން މަސައްކަތްކުރާ 113000 މީހުން އެބަތިބިކަމަށެވެ. އަދި ރާއްޖޭގެ ޢުމްރާނީ މަސައްކަތްތަކަށް 250000 މީހުން ވާކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.  

ރާއްޖޭގައި މިހާރަށްވުރެ ގިނަ މަޝްރޫޢުތައް ހިންގަމުން ދިއަ ދުވަސްވަރެއް ފެނިފައި ނުވާއިރު މިއަދަދު ތަކުން ސުވާލު އުފެދެއެވެ. އެއީ ޤަވާއިދާއި ޚިލާފަށް ތިބި އަދަދު 60000 ކަމަށްވެފައި ވޯކްޕާމިޓް ނަގައިގެން ތިބި އަދަދަކީ 113000 ކަމަށްވުމުން އެއީ ޖުމުލަ 173000 މީހުންނެވެ.  

250000 ބިދޭސީ މަސައްކަތު މީހުން އުޅޭކަމަށް ތުހުމަތު ކުރެވެމުން އަންނަތާ 3 ، 4 އަހަރުވެފައިވުމުން 77000 މީހުންނާއިމެދު ސުވާލު އުފެދެއެވެ. ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދުކަމަށް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނީ 50000 މީހުންނެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު އެވިދާޅުވީ 60000 ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދާ އަދަދު ބެލުމުގައި މައްސަލަތަކެއް އެބަހުރިކަން ދަނީ ފާހަގަކުރެވެމުންނެވެ.  

ގިނަ ބައަކު ތުހުމަތުކުރާ ގޮތުގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ އަދަދު މަދުވެގެން 130000 އަށް އަރާނެއެވެ. ފެންނަމުން މިދާ އަދަދުތަކުން އެކަން ހާމަވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް