އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މި 3 ސުވާލުގެ ޖަވާބަކީ "ނޫން" ކަމަށްވާނަމަ މަރާއި ކުރިމަތިލުމަށް ތިބާއަށް ވެވިފައިވަނީ ކޮން ތައްޔާރީއެއް ހެއްޔެވެ؟: މުފްތީ މެންކް

މި 3 ސުވާލުގެ ޖަވާބަކީ "ނޫން" ކަމަށްވާނަމަ މަރާއި ކުރިމަތިލުމަށް ތިބާއަށް ވެވިފައިވަނީ ކޮން ތައްޔާރީއެއް ހެއްޔެވެ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ތިއަ ނިދަނީ ތިބާ އުފެއްދެވި ﷲ ތަޢާލާ އާއި ބައްދަލުކުރަން ތައްޔާރުވެގެން ހެއްޔެވެ؟

ތިއަ ނިދަނީ ދުނިޔޭގެ ޙަޔާތައްވުރެ އެތައް މިލިއަން އަހަރެން ދިގުވެގެންދާނެ ކައްވަޅުގެ ޙަޔާތުގެ ފުރަތަމަ ރެއާއި ބައްދަލުކުރަން ތައްޔާރުވެގެން ހެއްޔެވެ؟

ތިއަ ނިދަނީ ތިބާގެ އަމަލުތަކަށް ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ތައްޔާރުވެގެން ހެއްޔެވެ؟

ޖަވާބަކީ "ނޫން" ކަމަށްވާނަމަ މަރާއި ކުރިމަތިލުމަށް ތިބާއަށް ވެވިފައިވަނީ ކޮން ތައްޔާރީއެއް ހެއްޔެވެ؟

މިއީ މުފްތީ މެންކް ކުރައްވާފައިވާ 4 ސުވާލެކެވެ.

މިފަދަ ވާހަކަތައް ދައްކާއިރަށް "މިއީ ތިއަ ބާވަތުގެ ވާހަކަތައް ދައްކަން ކޮން ވަގުތެއް؟" ކަމާއިމެދު އެބަ ސުވާލުކުރެއެވެ. މީސްތަކުންނޭވެ! މި ފަދަ ސުވާލުތައް ކުރަން ވަކި ވަގުތެއް ނެތެވެ. މިފަދަ ސުވާލުތައް ގިނަގިނައިން ކުރަންވީއެވެ.

މަރުމަތިން ހަނދާންވާނީ މިފަދަ ސުވާލުތައް ގިނަގިނައިން ކުރި ވަރަކަށެވެ. އެންމެ ގާތް އެކުވެރިޔާޢަކީ ގިނަގިނައިން ކޮފީ ދޭ މީހާއެއް ނޫނެވެ! އެންމެ ގާތް އެކުވެރިއަކީ އެންމެ ގިނައިން މަރު ހަނދާންކޮށްދޭ އެކުވެރިޔާއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް