އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިފައިން ދިއަފަހުން އިތުރު ގެއެއްގަ ރޯވެފައެއް ނުވާނެ!: އެމްއެންޑީއެފް

ސިފައިން ދިއަފަހުން އިތުރު ގެއެއްގަ ރޯވެފައެއް ނުވާނެ!: އެމްއެންޑީއެފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ ރިޕޯޓް ކުރުމާއި ގުޅިގެން އަލިފާން ނިއްވަން ސިފައިން ސަރަހައްދަށް ދިއަފަހުން އިތުރު އެއްވެސް ގެއެއްގައި އަލިފާން ރޯވެފައި ނުވާނެ ކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔޫ އިން ބުނެފިއެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެމުން މިރޭ ބުނީ އަލިފާން ނިއްވަން މަސައްކަތްކުރީ އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކަމަށެވެ. 

"ގުދަނުގަ ބާރުގަދަ އެއްޗެއް ގޮވުމާއެކު ކުރިމަތިން ހުރި ގޭގަ ރޯވީ. އަލިފާނުގެ ސަބަބުން ދަރުބަންދުވެފަ ހުރީމަ ނުނުކުމެވި މީހުން ތާށިވެފަ ތިބީ. ވަރަށް ބޮޑު ރިސްކެއް ނަގައިގެން އަލިފާން ނިއްވޭ ވަރަކަށް ގޭގެއަށް ވަދެ މީހުން ސަލާމަތްކުރަމުން ގެންދިއައީ. ފުރަތަމަ ބުރުގަ 3މީހަކު އަދި 2 މީހަކު ނެރެ ހޮސްޕިޓަލަށް ފޮނުވުނު."

"އެފަޅީގަ 3 ގެއެއް، ގުދަނާވި ފަޅީގަ 2 ގެއެއް އަދި އެދެގެއާ ޖެހިގެން ހުރި ގުދަނެއްގަ ވެސް ރޯވި. އެހެންވީމާ 4 ކެމިކަލް ގުނަކަށާ 6 ގެއަކަށް އެވަނީ އަލިފާނުގެ އަސަރުކޮށްފަ. ދުން ހުއްޓުވަން މިހާރުވެސް މިދަނީ މަސައްކަތްކުރަމުން."  

"އެމްއެންޑީއެފްގެ 12 ވެހިކަލާ އެމްއޭސީއެލްގެ ވެހިކަލެއް ބޭނުން ކުރެވުނު. އެމްއެންޑީއެފްގެ ހުރިހާ ޔުނިޓްތަކެއްގެ ގިނަ ބައަކާ ފުލުހުން މަސައްކަތްކުރަމުން އެބަ ގެންދޭ އޮޕަރޭޝަނުގަ. ރެޑްކްރެސެންޓުގެ އެހީތެރިކަން ލިބުނު. އަލިފާން ނިއްވާ ސާމާނު އެތެރެކުރާ އަމިއްލަ ކުންފުނިތަކުންވެސް ތަކެތި ފޯރުކޮށްދިން. ވަރަށް ގިނަ އަދަދެއްގެ ޢާންމުންގެ އެހީތެރިކަންވެސް ލިބުނު. އެ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން!"

ކެމިކަލް ފަދަތަކެތި ބަހައްޓާ ގުދަންތައް އެމްއެންޑީއެފުން ބަލަމުން ގެންދާ ކަމަށާއި އެފަދަ ތަކެތި ބެހެއްޓުން ހުއްޓުވަން ދަތިތަކެއް އެބަހުރިކަންވެސް އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު