އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާގަ ގެއްލުން ލިބުނު ގެތަކަށް މީހުން ވަނުމުގެ ހުއްދަ ދޭނީ ގެތަކުގެ ހާލަތު ވަޒަންކުރުމަށްފަހު!

ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާގަ ގެއްލުން ލިބުނު ގެތަކަށް މީހުން ވަނުމުގެ ހުއްދަ ދޭނީ ގެތަކުގެ ހާލަތު ވަޒަންކުރުމަށްފަހު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

ރޭ މާލޭގައި ހިނގައި ދިއަ އަލިފާނުގެ ބޮޑު ހާދިސާ އާއި ގުޅިގެން މީހުން ހުސްކުރެވިފައިވާ 43 ގޭގެ ހާލަތު ވަޒަންކުރުމަށްޓަކައި އިންޖިނިއަރިންގ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް މިއަދު ފައްޓަވާނެ ކަމަށާއި އެގެތަކަށް މީހުން ވަނުމުގެ ހުއްދަ ދެއްވާނީ އެ ގެތަކުގެ ހާލަތު ވަޒަންކޮށް ސާފުކުރުމަށްފަހުގައި ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަސް ދަންނަވައިފިއެވެ.  

 

މުލީއާގޭގައި މިއަދު ހެނދުނު ބޭއްވެވި ބައްދަލުވުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ރޭ ހިނގާދިއަ ހިތާމަވެރި ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީފޯރުކޮށްދިނުމާއި އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ހިއްސާކުރައްވާފައެވެ.

 

އެހައި ބާރުމިނުގައި ހުޅު ރޯވެ އަނދާފައިވުމުން ގެތަކުގެ ފާރިތަކަށާއި ކޮންކްރީޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް