އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމޫނާ ނުދައްކައި އަނބިދަރިންވެސް އެހެން މީހަކުވެސް އިޞްލާޙެއް ނުކުރެވޭނެ!: މުފްތީ މެންކް

ނަމޫނާ ނުދައްކައި އަނބިދަރިންވެސް އެހެން މީހަކުވެސް އިޞްލާޙެއް ނުކުރެވޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ކޮންމެ މީހެއްގެ ކިބައިގައިވެސް ނުރަނގަޅު ކަންތައްތަކެއް ހުންނާނެއެވެ. ޙަޤީޤީ ހެޔޮ އެދޭ މީހެއް ނަމަ އެކަންކަން އިޞްލާޙް ކުރަން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. ނަމަވެސް މަސައްކަތް ކުރަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. 

މީހުންގެ ކަންކަން އިޞްލާޙްކުރަން ބުނާ މީހާ ފުރަތަމަ އިޞްލާޙްކުރަން ޖެހޭނީ އެމީހެއްގެ ކަންކަމެވެ. އެހެންކަމުން އެމީހާ އިޞްލާޙްވެފައި ނަމޫނާ ދައްކާށެވެ! އަދި އެނަމޫނާގައި ހިފަން އެހެން މީހުންނަށް ބާރުއަޅާށެވެ! މިސާލަކަށް ނަމާދުކުރަން ބުނުމުގެ ކުރިން ތިމާއަކީ ނަމާދުކުރާ މީހަކަށްވާށެވެ! 

އަނބިން ގެއިން ބޭރުގައި އުޅޭތީ ނުވަތަ ރައްޓެހިންނާއިއެކު ވަގުތު ހޭދަކުރާތީ ނުވަތަ ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރާތީ އެކަމުގެ ޝަކުވާކުރުމުގެ ކުރިން ފުރަތަމަ ތިމާ އިޞްލާޙްވާށެވެ! ތިމާއަކީ އެފަދަ ކަންކަން ނުކުރާ މީހަކަށްވާށެވެ! 

ދަރިންގެ އުޅުން އިޞްލާޙްކުރަން ބުނުމުގެ ކުރިން ތިމާގެ އުޅުން ރަނގަޅުކުރާށެވެ! ނައިތްކްލަބްތަކަށް ނުދާށެވެ! ހިލޭ އަނހެނުންނާއި ގުޅުން ނުބާއްވާށެވެ! ތިމާ އެފަދަ ކަންކަން ކުރަމުން ދަރިން ގާތު އެކަންކަން ނުކުރަން ބުނި ނަމަވެސް އެއީ ރަނގަޅުވާހަކައެއް ކަމަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. 

މީހަކަށް ފާޑުކިޔުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ސީދާ މެއަށްވެސް ތީރު އަމާޒުކުރެވިދާނެއެވެ. ނަމަވެސް ފާޑު ކިޔަނީ ކަންކަން އިޞްލާޙް ކުރުމުގެ ނިޔަތުގައި ކަމަށްވާނަމަ ތީރު އަމާޒުކުރުމަކުން އެކަނި އެކަން ޙައްލެއް ނުކުރެވޭނެއެވެ. 

އެއްވެސް ކަމެއް އިޞްލާޙްކުރަން ބޭނުންނަމަ ހަމައެކަނި ފާޑުކިޔުމަކުން ނުނިމޭނެއެވެ. އެކަމެއް ޙައްލުކުރަން އެހީތެރިވެދޭންވާނެއެވެ. ހިތްވަރުދޭންވާނެއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް