އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިތުރު ހަށިގަނޑެއް ހޯދުމުގެ މަސައްކަތް ކުރަނީ ރައްޔިތުންނަށް ޔަގީންކަން ދެއްވުމަށް، އެއްވެސް ފަރާތަކުން ރިޕޯޓެއް ކޮށްގެނެއް ނޫން

އިތުރު ހަށިގަނޑެއް ހޯދުމުގެ މަސައްކަތް ކުރަނީ ރައްޔިތުންނަށް ޔަގީންކަން ދެއްވުމަށް، އެއްވެސް ފަރާތަކުން ރިޕޯޓެއް ކޮށްގެނެއް ނޫން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 21 ސިކުންތު

ޓާސްކްފޯސްގެ ފަރާތުން ބާއްވާ ޖޮއިންޓް ޕްރެސް ކޮންފެރެންސް، މިއަދު ހަވީރު ރައީސް އޮފީހުގައި ފެށިގެން ކުރިއަށް އެބަދެއެވެ. 

16:37 އަލިފާން ރޯވި ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން، އެސަރަޙައްދުވަނީ ބަންދު ކޮށްފި. 

16:38 ރޭގެ ދަންވަރު ގަޑީގައިވެސް އެސަރަޙައްދުގައި އަލިފާނާއި ދުމުގެ އަސަރު ހުރި.

16:39 ސަރަޙައްދުގެ އެއާ ކޮލިޓީގައި ވެސް ނުސާފުކަމެއް ހުރި ކަމަށް ލަފާ ކުރެވޭތީ އެކަން ދަނީ ބަލަމުން

16:40 މިދުވަސްކޮޅަކީ ވިއްސާރަ ދުވަސް ކޮޅަކަށްވީކަން އެއީ ވަރަށް ބޮޑު ނަސީބެއް. ވާރޭއިން އެއާ ކޮލިޓީ ސާފުވާން ފަސޭހަވާނެ. 

16:42 ގާތްގަނޑަކަށް 24 ގެއަށް ވަނީ އަސަރުކޮށްފަ. އެހުރިހާ ގެތަކަކުން މިހާރު ވަނީ މީހުން ހުސްކުރެވިފަ

16:43 ހިޔާގަ ތިބި މީހުންގެ ހާލު އަޅުގަނޑުމެން ރަނގަޅަށް ބަލާ، ބޭނުންވާ އަސާސީ ބޭނުންތައް ފޯރު ކޮށްދޭނަން. މިވަގުތު 67 ތަނެއްގައި އެމީހުން ވަނީ ބެހެއްޓިފަ: ހައުސިން މިނިސްޓަރ އާތިފާ

16:45 ފޮރެންސިކް ޓީމަށް އަނދައިނގެން ދިޔަ އިމާރާތްތަކަށް ވަދެވެނީ، ރައްކާތެރިކަން އެމްއެންޑީއެފް ކަށަވަރު ކޮށްދިނުމުން.

16:46 އަދިވެސް ބަޔަކު މަދުވާތީ، އަޅުގަނޑުމެން މިދަނީ އިތުރު ހަށިގަނޑެއްވެސް އެސަރަޙައްދުން ފެނޭތޯ ހޯދާ ބަލަމުން: ފުލުހުން

16:46 އަދިވެސް ބަޔަކު މަދުވާތީ، އަޅުގަނޑުމެން މިދަނީ އިތުރު ހަށިގަނޑެއްވެސް އެސަރަޙައްދުން ފެނޭތޯ ހޯދާ ބަލަމުން: ފުލުހުން

16:47 206 ފަރާތަކަށް ބޯހިޔާވަހިކަމާއި ޒަރޫރީ ބޭނުންތައް މިވަނީ ފޯރުކޮށްދީފަ. އަދި ރިލީފް އައިޓެމްތައް ވެސް ވަނީ އެފަރާތްތަކާއި ހަވާލު ކުރެވިފަ. 

16:49 އަލިފާން ރޯވިރޭ އެސަރަޙައްދުގައި ހުރި ގޭސް ފުޅިތައް ހުރީ މަޖީދިއްޔާ ސްކޫލްގައާއި ޓޯޔާޑުގަ ބެހެއްޓިފަ

16:50 ގެއްލިފައިވާ ތަކެތީގެ ތެރޭގައި އައިޑީކާޑު ވެސް ހިމެނޭތީ، އެފަރާތްތަކަށް އަލުން އައިޑީކާޑު ހައްދާދޭން ނޭޝަނަލް ރެޖިސްޓްރޭޝަނާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުން. 

16:51 ފައިސާގެ އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުގެ ފައިސާއާއި ސީދާ ޑިޒާސްޓަ މެނޭޖްމަންޓުން ހަވާލެއް ނުވާނަން. ނަމަވެސް އެބޭފުޅުންނަށް ބޭންކަށް ގޮސް ޓްރާންސްފާރ ކުރަން އެހީވެދޭނަން.

16:50 ގެއްލިފައިވާ ތަކެތީގެ ތެރޭގައި އައިޑީކާޑު ވެސް ހިމެނޭތީ، އެފަރާތްތަކަށް އަލުން އައިޑީކާޑު ހައްދާދޭން ނޭޝަނަލް ރެޖިސްޓްރޭޝަނާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުން. 

16:57 އިތުރު ހަށިގަނޑެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނީ އެއްވެސް ފަރާތަކުން އެފަދަ ރިޕޯޓެއް ހުށަހަޅުއްވައިގެން ނޫން ކަމަށާއި ނަމަވެސް އެފަދަ ވާހަކަތަކެއް ސޯޝަލް މީޑިއާގޢި ވެސް ދައުރުވަމުން ދާތީ އެޔަގީންކަން ރައްޔިތުންނަށް ދެއްވުމަށް ކަމަށް ފުލުހުން ވިދާޅުވެއްޖެ

17:00 ހަވާލު ކުރެވުނު ބިދޭސީންނަކީ އަލިފާނުގެ ހާދިސާއާއި ގުޅުންހުރި ބިދޭސީންނަށް ނުވާތީ، އެމީހުންވަނީ އިމިގްރޭޝަނާއި ހަޥަލު ކުރެވިފަ. 

17:02 ހާލުގައި ޖެހުނު އެެއްވެސް ފަރާތެއް މިހާރު މަގުމަތިވެފަ ނުހުންނާނެ. އެހެންތަނަކަށް ބަދަލުވާން ބޭނުންވާ މީހުންގެ ހާލުވެސް މިއަންނަނީ ގާތުން ބަލަމުން. މިހާހިސާބަށް އައި އިރު މިހާރު ކޮންމެ މީހަކު ވެސް ހުންނަންވާނީ ރެޖިސްޓާރ ކުރެވިފަ. އަޅުގަނޑުމެން މިހާރުވެސް މިބަލަނީ އެންމެންނަށް ވެސް ހަމަހަމައަށް ކަންތައް ކޮށްދެވޭތޯ: ޑިޒާސްޓާ މެނޭޖްމަންޓް

17:07 ސަރަޙައްދީ ތަރައްގީއަކީ މާލެއާއިމެދު އިހުމާލުވުމެއް ނޫން

17:18 ކެމިކަލް ގުދަންތައް މާލެއިން ނަގަން ގާންގަނޑަކަށް ތިން މަހެއްހާ ދުވަސް ނަގާނެ. ޤަބޫލު ކުރަންވާނެ މިއީ އޮވާރނައިޓުންކޮށް ނިމޭނެ މަސައްކަތެއް ނޫންކަން: މިނިސްޓަރ އަސްލަމް

17:21 ޤަވާއިދެއް ނެތިގެނެއް ނޫން، ތަންފީޒު ވެސް ނުކުރެވިގެނެއް ނޫން. އެކަމަކު މިފަދަ ހާދިސާތައް ދިމާވުމުގައި އެބައޮތް ބައެއް ފަރާތްތަކުގެ އިހުމާލުވެސް ޤަވާއިދަށް ކަމޭނުހިތާކަންވެސް. ކޮންމެ މީހަކު ވެސް އަމިއްލަ ރައްކާތެރިކަމާއި އަވަށްޓެރިންގެ ސަލާމަތައްވެސް ވިސްނަން އެބަޖެހޭ ގޭގެ އިމާރާތް ކުރުމުގައިވެސް: މިނިސްޓަރ އަސްލަމް

17:24 އިންޑަސްޓްރިއަލް ވިލެޖް އިމާރާތް ކުރުމަށް 186 މިލިއަން ޑޮލަރު ޚަރަދު ކޮށްފައިވޭ. އިންޑަސްޓްރިއަލް ވިލެޖް ހެދިއިރު، އެތަނުގައި ނެރެއް ހެދުމަކީ ނުރައްކާތެރިކަމެއް ކަމަށް ވެސް އެއިރު މީހުން އައީ ބުނަމުން- މިނިސްޓަރ އަސްލަމް

17:26 އިންޑަސްޓްރިއަލް ވިލެޖް ހަދާފައިވަނީ ރަނގަޅު ޕްލޭނަކާއި ނުލާ. 

 

17:26 އިންޑަސްޓްރިއަލް ވިލެޖުގެ ގޮތުގައި އަޅުގަނޑުމެންނަށް ސިފަވީ ޖަންކް ޔާޑް

17:30 ގ. ފެހިމާގޭގައި ހުރި ކެމިކަލް ގުދަން ސާފުކުރުމުގެ މައްސަލަ ބަލަމުން ގެންދާނަން، ނިގްލެކްޓެއް ނުކުރާނަން: ޕްލޭނިން މިނިސްޓަރ

17:36 މާލެ ތޮއްޖެހުން ހުއްޓުމަށް، މާލެއަށް ސައިކަލު ގެންނަ މިންވަރު ކޮންޓްރޯލް ކުރުމަށް ޓްރާންސްޕޯޓް މިނިސްްޓްރީން ދަނީ މަސައްކަތްތަކެއް ކުރަމުން.

17:44 ނަގަނީ ހަމައެކަނި ކެމިކަލް ގުދަނެއް ނޫން. ނުރައްކާތެރި ތަކެތި ބަހައްޓާފައިހުރި ގުދަންތައް ވެސް ނެގުމަށް ވަނީ ހަމަޖެހިފަ

17:45 ފައިސާގެ އެހީ ދެއްވުމަށް، ނުވަތަ ފައިސާގެ އެހީއިންނޭ އެހީވަނީ އެހެން ސަރުކާރުން ބުނެފައެއް ނުވޭ. ފައިސާގެ އެހީ ދެއްވަން ބައެއް ބޭފުޅުން ބޭނުންވާތީ އެކަން އެއް ޗެނަލަކުން ކުރެވޭނެ ގޮތް އަޅުގަނޑުމެން މިހަދާދެނީ: ޑިޒާސްޓާ

17:48 ނޫސް ކޮންފެރެންސް ނިންމާލައިފި

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ